ކޮވިޑް ޖެހިގެން މިއަދު 4 ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މެންދުރު އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑުގައި މަރުވެފައިވާ ކަމަށެވެ. އެ މީހާ މަރުވެފައި ވަނީ އައިޖީއެމްއެޗް އެމަޖެންސީ ރޫމަށް ގެނައިފަހުން 12:48 ހާއިރު ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

މިއީ ކޮވިޑުގައި މިއަދު މަރުވި ހަތަރު ވަނަ މީހާއެވެ. އަދި މި ބަލީގައި ރާއްޖެއިން މަރުވި 91 ވަނަ މީހާއެވެ.

ކޮވިޑް ޖެހިގެން މިއަދު އެންމެ ފުރަތަމަ މަރުވެފައި ވަނީ ރޭ 02:24 ހާއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 88 ވަނަ މީހާއެވެ.

ދެވަނައަށް މިއަދު ކޮވިޑް ޖެހިގެން މަރުވެފައި ވަނީ ހެނދުނު 06:30 ހާއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 89 ވަނަ މީހާއެވެ.

ތިން ވަނަ އަށް ކޮވިޑުގައި މަރުވެފައިވަނީ ހެނދުނު 09:05 ހާއިރުއެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ގެންދަނިކޮށް 86 އަހަރުގެ ދިވެހި އަންހެނެކެވެ.