ހއ. ދިއްދޫއިން ކޮވިޑް ޖެހިގެން މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 8:45 ގައި ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެނައި 83 އަހަރުގެ އަންހެނަކު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 94 ވަނަ މީހާ އެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި ރެއާއި މިއަދު އިތުރު މީހަކު ވަނީ މަރުވެފައެވެ. އެޗްޕީއޭއިން ބުނީ ރޭ މަރުވެފައި ވަނީ 63 އަހަރުގެ މީހެއް ކަމަށާއި މިއަދު މަރުވި އަނެއް މީހާއަކީ އުމުރުން 87 އަހަރުގެ މީހެއް ކަމަށެވެ.

ރޭ 12 ޖަހަން އުޅެނިކޮށް މަރުވި 63 އަހަރުގެ މީހާއަކީ އަންހެނެކެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.