(އިންޒާރުގެ ނޯޓިސް އެއް! ހަލި ނިއުސްއަކީ، ލަވާޒާއާ އެސޯސިއޭޓް ވެފައިވާ އޮންލައިނެއް ނޫނެވެ. އަދި އެއްވެސް އިރެއްގައި ލަވާޒާއިން ސްޕޮންސަރ ހޯދާފައިވާ ފަރާތެއްވެސް ނޫނެވެ!)

ލަވާޒާ ކޮފީ ބޮއިކޮޓް ކުރުމުގެ ކެމްޕެއިނެއް ވަނީ ފެށިފައެވެ. ލަވަޒާ ކުންފުނިން ނިންމާފައިވާ ނިންމުންތަކުން ދޭހަވަނީ، އެކުންފުންޏަކީ، ޚިޔާލު ފާޅު ކުރުމަށް ޖާގަ ނުދޭ، ތަފާތު ކުރާ، އިސްތިއުމާރަށް ހިތްވަރުދޭ، އިންސާނީ ހައްގަށް ޙުރުމަތެއް ނުބަހައްޓާ ކުންފުންޏެއް ކަމަށެވެ.

އާސެނަލްގެ މިޑްފީލްޑަރ މޯ ގެ އިންސްޓަގްރާމް ޕޯސްޓާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ ޔަހޫދީންނަށްޓަކައި މަސައްކަތް ކުރާ މީހެއްކަމަށްވާ ޓާލް އޮފަރ ވަނީ އާސެނަލްގެ ސްޕޮންސަރުންނަށް ފިއްތާފައެވެ. ޖުއިޝް ކްރޮނިކަލް ނޫހުން ރިޕޯޓް ކުރިގޮތުގައި ޓާލް އޮފަރ ބޭނުންވާ ގޮތަށް ކޮމެންޓް ކޮށްފައި ވަނީ ލަވަޒާއިން އެކަންޏެވެ.

ލަވާޒާއިން ބުނެފައި ވަނީ "މިއީ ކުންފުނީގެ ސިޔާސަތާ އެއް ގޮތް ވާހަކައެއް ނޫން ކަމަށެވެ!"

މިއާ ޚިލާފަށް އެހެން ސްޕޮންސަރަކު ބުނެފައި ވަނީ، މޯ އަށް އޭނާގެ ޚިޔާލު ފާޅުކުރުމަށް މިނިވަންކަން ލިބިގެން ވެއެވެ.

ލަވާޒާގެ މި ސްޓޭޓްމެންޓާއެކު، މީސް މީޑިއާއާއި މެއިން ސްޓްރީމް މީޑިއާގައި ދައުރުވަމުންދާ، ލަވާޒާ ބޯއިކޮޓް ކުރުމުގެ ކެމްޕޭންގެ މި ތުހުމަތުތަކަށް ލަވާޒާއިން ރައްދު ދީފައެއް ނުވެއެވެ.

މަގްބޫލު ކޮފީ ކުންފުނިން ފަލަސްތީން މީހުންގެ ހައްގަށް ތާއީދު ނުކުރާކަން ވަރަށް ސާފުވެގެން ދެއެވެ.

އަރސެނަލްއަށް ކުޅޭ މިސްރުގެ މިޑްފީލްޑަރ، މުހައްމަދު ނާސިރުއް ސައްޔިދު އައްނިންނީ، މަޝްހޫރު ނަމުން ނަމަ، "މޯ" އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވާ މެސެޖް އަދިވެސް ނަގާފައެއް ނުވެއެވެ. ލައްކައަކަށް ވުރެން ގިނަ މީހުން ވަނީ އެމެސެޖް ލައިކް ކޮށްފައެވެ. އަދި ހަތަރުހާހާ ގާތް ކުރާ އަދަދަކަށް މީހުން ވަނީ ކޮމެންޓް ކޮށްފައެވެ.

މަސައްކަތްތެރިންގެ ހައްގުގެ މައްސަލާގައިވެސް ލަވާޒާއާ ދެކޮޅަށް ފަރަންސޭސިވިލާތުގައި ބޯއިކޮޓް ކުރުމުގެ ކެމްޕޭނެއް ވަނީ ފަށާފައެވެ.

އައި ބޮއިކޮޓް ޑޮޓް އޯރގް ވެބްސައިޓުން ބުނާ ގޮތުގައި ލަވާޒާ ދަނީ މުއްސަނދިވަމުންނެވެ. ނަމަވެސް ކޮފީ އުފައްދާ ދަނޑުވެރިންނަށް ލިބޭ އާމްދަނީ އަހަރަށް ވުރެން އަހަރެއް ދަށްވެ، އެމީހުން ދަނީ ފަގީރު ވަމުންނެވެ.

2017އާއި 2018އާ ދެމެދު ލަވާޒާގެ އާމްދަނީ ދެގުނައަށް އިތުރު ވެފައެވެ.

އައިބޮއިކޮޓުން ގޮވާލާފައިވަނީ ލަވާޒާއިން ކޮފީ އުފައްދާ މީހުނަށް ހަމަ އަގުދީފައި ކޮފީ ގަތުމަށެވެ.