ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު މެންދުރު 3:10 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ރާއްޖެއިން މި ބަލީގައި މަރުވި 97 ވަނަ ފަރާތެވެ.
ރޭ ދަންވަރު 2:38 ހާއިރު އުމުރުން 81 އަހަރުގެ ފިރިހެނެއްވެސް މަރުވިއެވެ. އެމީހާއަކީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މީގެ އިތުރުން ފަތިހު 4:30 އެހާކަންހާއިރު އުމުރުން 30 އަހަރުގެ އަންހެނަކު ކޮވިޑް ބަލީގައި ވަނީ މަރުވެފަ އެވެ. އެއީ ވެސް ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.
ރާއްޖޭގައި ކޮވިޑު ޖެހިގެން އެއް މަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވެފައި ވަނީ މިމަހުއެވެ. މިމަހުގެ މިހާތަނަށް މި ބަލީގައި 24 މީހަކު ވަނީ ނިޔާވެފައެވެ.