ޕީއެންސީގެ ލީޑަރު، އަބްދުއްރަހީމް އަބްދުﷲގެ ދެ ކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެ ފަރުވާ ހޯއްދަވަން ފައްޓަވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަބްދުއްރަހީމް އަބްދުﷲ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ދިޔާނާ ހުސެއިން ކޮވިޑަށް ޕޮޒިޓިވް ކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އަދުރޭއަކީ ހައި ރިސްކް ބޭފުޅެކެވެ. ދިމާވި ހިތުގެ މައްސަލައަކާ ގުޅިގެން އަދުރޭ ވަނީ އޭނާގެ ހިތަށް ޕޭސް މޭކަރެއް ލައްވައިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދެ ބޭފުޅުން ފަރުވާ ހޯއްދަވަނީ ގޭގައި ތިބެގެންނެވެ. ދެ ބޭފުޅުންގެ ހާލުވެސް އަދި ރަނގަޅެވެ.