ވިލާއެއާރގެ ފްލައިމީގެ ފްލައިޓެއް ސައޫދީ އަރަބިއްޔާގެ ހާއިލް ރީޖަނަލް އެއަރޕޯޓަށް ޗާރޓާ ދަތުރެއްގައި މިއަދު ދަތުރުކޮށްފިއެވެ. ފްލައިމީ އިން ވަނީ އޮކްޓޯބަރު މަހުން ފެށިގެން ޑޮމެސްޓިކް އޮޕަރޭޝަންވެސް ފަށާފައެވެ.

9 އަހަރު ވެފައިވާ ފްލައިމީއަކީ ރާއްޖޭގައި އިންޓަރނޭޝަނަލް ދަތުރު ފަށާފައިވާ ހަމައެކަނި އަމިއްލަ ކުންފުންޏެވެ. ފްލައިމީ އިން އެންމެ ފުރަތަމަ ދަތުރުކުރި އިންޓަރނޭޝަނަލް މަންޒިލަކީ ސްރީލަންކާ އެވެ.

ފްލައިމީ އިން ސްރީލަންކާގެ އޮޕަރޭޝަނަށް ބޭނުން ކުރަނީ، އޭޓީއާރ 72-600ގެ ދެ މަތިންދާ ބޮޓެވެ. މިއީ 72 މީހުްގެ ޖާގައިގެ ބޯޓެކެވެ.

މީގެ އިތުރުން، 68 މީހުންގެ ޖާގައިގެ އޭޓީއާރް 72-500ގެ ބޯޓަކާއި، 48 މީހުންގެ ޖާގައިގެ، އޭޓީއާރް 42-500 ބޯޓުވެސް އެކުން ފުނިންގެންގުޅެއެވެ.