ކޮވިޑް-19 ގައި ރާއްޖެއިން މިއަދު އިތުރު މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިއަދު މެންދުރު 12:02 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 121 އަށް އަރާފައެވެ.

އިއްޔަވެސް ރާއްޖެއިން ވަނީ ކޮވިޑް-19 ގައި ހަތަރު މީހުން މަރުވެފައެވެ.