މިއީ ށ. އަތޮޅު ކޮމަންޑޫގައި ހަތްދިހައިގެ ފަހު ކޮޅުން ފެށިގެން އަށްޑިހައިގެ ފަހުކޮޅަށް ދާންދޭން ކުރިއަށް ދިޔަ އިޖުތިމާޢީ ވަރުގަދަ ޙަރަކާތެކެވެ. މިޙަރަކާތުގައި ބައިވެރިވަނީ ކޮމަންޑޫގެ ކުޑަ ކުދިންނެވެ.
"ކޮޅަކަށް ކޮޅެއް" މި ނަން އައިސްފައިވަނީ އެއްޗެއް ދިނުމުން ބަދަލުގައި އެހެން އެއްޗެއް ދިނުމަށެވެ. ބާޓާ ސިސްޓަމްގެ ގޮތުގައެވެ. މިއީ ރޯދަމަހަށް ޚާއްޞަ ކަމެކެވެ. ކޮމަންޑޫގެ ފައިއިނދޭ ފުރާ އިން ފެށިގެން ސްކޫލަށްދާ އުމުރުގެ ހުރިހާ ކުދިން ބައިވެރިވާ މި ޙަރަކާތް އޮތީ އެރަށު ބޮޑު ފަސްގަނޑުގައެވެ. މިހާރު ކައުންސިލް އިދާރާ ހުރިތާ ކުރިމަތީ މަސްޖިދުއްރަޙީމް މިހާރު އެ ހުރިތާނގައެވެ. އެއީ އޭރު ޒުވާން އަންހެންކުދިން ހަވީރު ފިންޏަށް ނަލަހެދިގެން ބަށިކުޅެންދާ ބޮޑު ފަސްގަނޑުވެސް މެޔެވެ.
ކޮޅަކަށް ކޮޅެއްގެ ޙަރަކާތަށް ތައްޔާރުވުމަށްޓަކައި ކޮންމެ ދުވަހަކު ޢަޞުރު ނަމާދުން ފައިބައިގެން ކުދިންތައް ތައްޔާރުވާނެއެވެ. އެގޮތުން ކުރުނބާ ހަދާ ރުކުގެ ފަތިން ރޮކެޓާއި ބޯޓް ފަދަ ތަކެތި ހަދަން ފަށާނެއެވެ. އަދި ކަށިކެޔޮ ފަތުންވެސް ވަރަށް ޗާލުކޮށް ބޯޓާއި ދޯނި ހަދައިގެން މިތަނަށް ގެންދާނެއެވެ. މީގެ އިތުރަށް ގޭގައި ހަދާ ހެދިކާގެ ބާވަތްތަކާއި ފިހުނުމަސް ފަދަ ތަކެތިވެސް ބަދަލުކުރުން އޮންނާނެއެވެ.
ކޮމަންޑޫން ވާހަކަ ދެއްކި އެރަށުގެ އިސް ރަށްވެެއްސަކު ވިދާޅުވިގޮތުގައި މިއީ ވަރަށް ފޯރިއާއެކު ކުރިއަށްދާ ކުޑަކުދިންގެ އިޖުތިމާޢީ ޙަރަކާތެކެވެ. އަދި ބައިގަޑިއެއްހާއިރަށް ދެމިގެންދާ އެވަގުތުކޮޅަކީ ވަރަށް އުފާވެރި އެހާމެ ފޯރިގަދަ ވަގުތުކޮޅެއް ކަމަށް އެފަރާތުން ހާމަ ކުރެއްވިއެވެ. " އަޅުގަނޑުވެސް އެކަމުގައި ބައިވެރިވެ އުޅުނިން އެވަގުތުކޮޅު އެތަނުގެ ފޯރިގަދަވެގެންގޮސް ހީވާނީ އުތުރި އަރާހެން. އެއީ އެއްޗހި ބަދަލުކުރާއިރު އެ އަރާ ފޯރިއާއި އަޑު" އޭނާ އިތުރަށް ކިޔައިދެއްވިއެވެ.
ކޮޅަކަށް ކޮޅެއް ފެށޭނީ ރޯދަވީއްލާ ނިމިގެންނެވެ. ރޯދަ ވީއްލާ ގަޑީގައި މިކުދިން ގެއިން ކާނީ ވަރަށް ކުޑަކޮށެވެ. އެއީ މި ބާޓާ ސިސްޓަމުން ލިބޭ ތަކެތި ކެއުމަށް ތަން ބެހެއްޓުމަށްޓަކައެވެ. ނަމަވެސް މިހާރު މި ޘަގާފީ އާދަވެސް ވަނީ އުވި ގޮސްފައެވެ. މިފަދަ އެތައް ޙަރަކާތެއް ތަފާތު އެކި ރަށްރަށުގައި ކުރިއަށް ދިޔަ ނަމަވެސް ޒަމާނާ އެކު ބަދަލުވެ އެކަންތައްތައްވަނީ އުވި ގޮސްފައެވެ.
އަޓޯ ފޭސްބުކްގައި ހެޑްލަައިންއަޅާފަ އިންގޮތްވެސް ވަރަށްސަޅި. ސަލާމް ބުނި ކޮމަންޑޫމީހަ
ކޮބާތަ ބާޓާ ސިސްޓަކީ؟ އެކަން ސާފުކޮށް ދީބަލަ. ކޮމަންޑޫއިން މައުލޫމާތު ދެއްވިމީހަކު އެހާފުރިހަމައެއްނުން މައުލޫމާތު ދެއްވާފައި ވަނީ.
ފޮނިބޮކި އަޓޯ ނުވަތަ ގާސިމް އަޓޯ ގާތު އަހާބަލަ