ޞިއްޙީ ޚިދުމަތް ދޭ ފަރާތް ތަކުން ކުރަމުންދާ މަސައްކަތަށް ތަޢުރީފު ހުއްޓެވެ. އެ މަސައްކަތްތަކަށް ޝުކުރުން ނުފުރޭ ހިތްތައް މަދުވާނެއެވެ.

މި ނާޒުކު ދަނޑިވަޅުގައި ރެއާއި ދުވާލު، އެފަރާތްތަކަށް އުޅެން ޖެހިފައިވަނީ އަމިއްލަ ރައްކާތެރި ކަމުގެ ފިޔަވަޅު އިންތިހާއަށް އަޅައިގެން އެހެން މީހުންގެ ޚިދުމަތުގައެވެ. ރައްކާތެރި ކަމަށްޓަކައި އެ މީހުން އަޅާފައި ހުންނަ ހެދުމަކީ އަޅައިގެން އުޅެން ފަސޭހަ އެއްޗެއް ނޫންނެވެ. ކިތަންމެ ދަތިކޮށް ވެސް ޑޮކްޓަރުން ބޭނުންވަނީ އެހެން މީހުންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށެވެ. އެ މީހުންގެ ޚިދުމަތްތައް މަތިމައްޗަށް އޮހުނަސް އެ ޚިދުމަތްތެރީންނާމެދު ނުކިއްސަރުކޮށް ދެކޭ މީހުން ވެސް އެބައުޅެއެވެ. ތަޢުރީފުގެ ބަދަލުގައި ނުރުހުމުގެ ބަސްތައް ލިބޭ ގޮތްވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މަދުން ނަމަވެސް ބައެއް ފަރާތް ތަކުން "ސްކްރަބް" ގައި ނުވަތަ ސިއްޙީ ޚިދުމަތް ތެރިންނަށް ޚާއްސަ ހެދުމުގައޮ ޢާންމު ތަންތަނަށް އެމީހުން ދާ މަންޒަރު ފެންނާތީއެވެ.

"ސްކަރަބް" ނުވަތަ ވަޒީފާއަށް ދާއިރު ލާ ޔުނިފޯމު ލައިގެން މުޖުތަމައުގައި އާންމުން ދާ ތަންތަނަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭ މީހުން އެބައުޅެއެވެ.

މިހަފުތާގެ ކުރީކޮޅު "ފޮކްސް 35 ސްޓޯރީ" ގައި އަންހެނަކު ސްކްރަބު ލައިގެން ތަރުކާރީ ފިހާރައަކުން ފެންނަ ވީޑިއޯއެއް ޚަބަރާ އެކު ގެނެސްދިނެވެ. މިކަމާ ވަރަށް ގިނަފަރާތްތަކުން ނުރުހުންވެ ފާޑު ކިޔެވެ. ކޮވިޑް 19ގެ މި ބަލިމަޑުކަމުގެ ދުވަސް ވަރު ނަރުހުންގެ ޔުނިފޯމުގައި ފިހާރަތަކަށް ވަނުމުން އެ ފަރާތަށް ނުރުހުމުގެ ބަސްތައް ރައްދުވިއެވެ. މި ޚަބަރު ފެތުރުމުގެ ސަބަބުން އެ ފިހާރައަށް ވަން ފަރާތުން ރިޕޯޓަރުނަށް ޖަވާބު ދާރީ ވިއެވެ. އެގޮތުން އޭނާ ބުނީ އޭނާ އަކީ އޯޑިޔޮލޮޖިސްޓް ސެންޓަރެއްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އެއީ ކޮރޯނާ ވައިރަސް ފެތުރުމަށް މަގުފަހިވާނެ ތަނެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ދިވެހިރާއްޖޭގައިވެސް މަދުމަދުން ނަމަވެސް މާރުކޭޓުން ނާއި ފިހާރަތަކުން "ސްކްރަބް" ގައި ތިބޭ މީހުން ފެނެއެވެ. އާންމުނަށްކަށް އެއީ ކޮންތާކު މަސައްކަތް ކުރާ މީހެއް ކަމެއް ނޭގޭނެއެވެ. ކޮންމެ މީހަކުވެސް މީހާލަތުގައި ބަލާނީ އެފަދަ މީހަކާއި ދުރުވެ އެކަހެރި ވެވޭތޯ އެވެ. އޭނާ އެދަނީ ހޮސްޕިޓަލަކަށް ނަމަ އޭނާ އެ ވަންނަ ތަނަކުން ނުކުމެ ހޮސްޕިޓަލަށް ދެވޭއިރު އޭނާއާ އެކު ލޮލަށް ނުފެންނަ ކިތައް ޖަރާސީމު ދާނެ ތޯއެވެ؟ ހަމަ އެހެންމެ އޭނާ މަސައްކަތް ނިންމާލުމަށް ފަހު ގެއަށް ދާ މަގުމަތީގައި ފިހާރައަކަށް ވަންނަމަ، އޭނާ އެ އައި ސިއްޙީ ފަރުވާފޯރުކޮށްދޭ ތަނަކުން އޭނާއާއި އެކީގައި އަންނާނީ ކޯޗެއްތޯއެވެ؟

އެމެރިކާގެ އެއާފޯސްގެ އިންފެކްޝަން ކޮންޓްރޯލް އޮފިސަރަކަށް މަސައްކަތް ކުރެއްވި ޑޮކްޓަރ ސޫޒަން ޕެރީ ހާމަ ކުރައްވާ ގޮތުގައި އާންމުން ގޮސް އުޅޭތަންތަނަށް "ސްކްރަބް" ލައިގެން ދިއުމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. އެއީ އެ އެއާއެކު ގެންދެވެނީ ކޮން ބެކްޓީރިއާއެއް ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. މިހާރު ވަރަށް ގިނަ ތަންތާގައި މަސައްކަތް ކުރާ މީހުންނަކީ "ސްކްރަބް" ލައިގެން އުޅޭ މީހުނެވެ. ދަތުގެ ކްލިނިކްތަކާއި ސެލޫން ތަކުގައި މަސައްކަތް ކުރާ މީހުން ވެސް ތިބެނީ "ސްކްރަބް" ގައެވެ. ކާކު އައީ ކޮންތާކުން ކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެހެން ކަމުން އާންމުން ތިބޭނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. މިއީ ސިއްޙީ އެހީތެރިން މިކަމާ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. ބައެއް ކްލިނިކް ތަކާއި ހޮސްޕިޓަލު ތަކުގައި އެތަންތަނަށް، ގޮސް "ސްކްރަބް" ލުމުގެ އުސޫލު ގެން ގުޅެއެވެ. އެހެން ކަމުން ގެއަށް އަންނާނީ ވެސް އެހެދުމަ ގައެއްނޫނެވެ. އަނެއްބައި ތަންތަނުގައި މި އުސޫލު ނެތެއް ކަމަކު ސްކްރަބަކީ ހަމަ އެކަނި ޑިޔުޓީ ގަޑީގައި އެވަޒީފާ އަދާ ކުރާ ތަނަކަށް ދާން އެކަނި ލާއެއްޗަކަށް ހެދުމުން އާންމުންގެ ތެރޭގައި އޮތް ބިރުވެރިކަން ފިލާނެއެވެ. އަދި އޭނާ ގެފަރާތުން ބެކްޓީރިއާ އެއްތަނުން އަނެއްތަނަށް އުފުލުމުން ދުރުކުރެވޭނެއެވެ.