މުނިފޫހިފިލުވުމުގެ ސިނާއަތުގައި އެމޭޒަންގެ ދައުރު ފުޅާކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރަން ފަށައިފިއެވެ. ބުދަދުވަހު އެމޭޒަން ކުންފުނިން ބުނިގޮތުގައި ހޮލީވުޑްގެ އެންމެ ޝަރަފުވެރި އެއް ފިލްމުކަމުގައިވާ ޖޭމްސް ބޮންޑް އުފެއްދި ކުންފުނިން އެމް.ޖީ.އެމް ކުންފުނި ގަތުމަށް ނިންމައިފިއެވެ.

މި ވިއަފާރި އަކީ 8.45 ބިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓެއްކަމަށް އެމޭޒަންއިން ބުނެއެވެ. މި ވިޔަފާރިގެ ސަބަބުން އެމޭޒަންއަށް ގިނަ ފިލްމުތަކާއި ޓީވީ ޝޯވްތައް ހިމެނޭ ލައިބްރަރީއެއް ލިބިގެންދާނެއެވެ. ޕްރައިމް ވީޑިއޯ އަދި އެމޭޒަން ސްޓޫޑިއޯގެ ހެޑް މައިކް ހޮޕްކިންސް ވިދާޅުވާ ގޮތުގައި އެމް.ޖީ.އެމްގެ ލައިބްރަރީގެ ލިސްޓްގައި 4،000 އަށްވުރެ ގިނަ ފިލްމާއި 17،000 އަށްވުރެ ގިނަ ޓީވީ ސީރީޒް ހިމެނެއެވެ. މައިކް ހޮޕްކިންސް އިތުރަށް ވިދާޅުވިގޮތަގައި މި ވިޔަފާރީގެ މާލީ އަގުގެ ފަހަތުގައިވަނީ އެމް.ޖީ.އެމް ޓީމާއެކު އަލުން ބައްޓަންކުރަން ބޭނުންކުރެވޭނޭ އެމް.ޖީ.އެމްގެ ޚަޒާނާއެއްފަދަ ކެޓަލޮގެވެ.

މި ދެ ކުންފުނިން ބުނާ ގޮތުގައި މިހާރު އޮތީ ޤާނޫނީ ގޮތުން ނިންމަންޖެހޭ ނިންމުންތަކާއި ޘަޤާފީ ގޮތުން ބަންދުކުރުމަށް ކުރަންޖެހޭ ކަންކަމެވެ. "ސްޓްރީމިންގ" އަކީ އެމޭޒަންގެ ސިންގާސަނާގެ ވަރަށް ކުޑަ ވިޔަފާރިއެކެވެ. ނަމަވެސް މިފަހުން އެމޭޒަން ވަނީ އެކުންފުނީގެ ފައިތިލަ މުނިފޫހިފިލުވުމުގެ ސިނާއަތުގައިވެސް ސާބިތުކޮށް، ހިނގާ ނަމަކަށް ހަދާފައެވެ. "ލޯޑް އޮފް ދަ ރިންގްސް" ފަދަ މަޝްހޫރު އަދި ބާލާލަން ކެތްމަދުވެފައިވާ ސީރީސްތައް އެމީހުންގެ އުފެންދުންތަކުގައި ހިމެނެއެވެ. "މާވެލަސް މިސިޒް މައިސެލް" ފަދަ އެވޯޑް ލިބިފައިވާ ޝޯވް ތަކަކީވެސް އެމޭޒަންގެ ޕްރައިމް ވީޑިއޯއާއި ގުޅިފައިވާ ޝޯވްތަކެވެ. އެމޭޒަން ޕްރައިމް ވީޑިއޯއަށް ސަބްސްކަރައިބަރުންގެ އަދަދު 200 މިލިއަން ކަސްޓަމަރުންނަށް ވާއިރު ނެޓްފްލިކްސް ފަދަ ފަރާތްތަކުގެ ކަސްޓަމަރުންގެ އަދުދުތައް ހުރީ 208 މިލިއަނުގައެވެ.

އެމޭޒަން، އެމް.ޖީ.އެމް ބޭނުންވަނީ ކީއްވެ؟ ހަމަ އެންމެ ތިން ލަފުޒުގެ ސަބަބުންނެވެ. އެއީ "ބޮންޑް، ޖޭމްސް ބޮންޑް" އެވެ.

ހޮލީވުޑްގެ އެންމެ މަޝްހޫރު މި ފިލްމް ސީރީސްގެ ފްރެންޗައިސްގެ ބައެއް އެމް.ޖީ.އެމް އަށް ނިސްބަތްވެއެވެ. ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި އެމް.ޖީ.އެމް އަށް އެތައްބިލިޔަން ޑޮލަރުގެ އާމްދަނީ އެއްލިބިފައި ވެއެވެ. އަދި މހާރުވެސް ބޮންޑު ފިލްތަކުން އެ އާންމުދަނީ ލިބެމުންދެއެވެ. ޖޭމްސް ބޮންޑް ފިލްމުތަކުގެ އައު އެޑްރެހަކީ ޕްރައިމް ވީޑިއޯ ކަމަށް ވެއްޖެނަމަ، ޕްރައިމް ވީޑިއޯއަށް އިތުރު ކަސްޓަމަރުން ލިބުމުގެ ފުރުޞަތު ފުޅާވެގެން ދާނެއެވެ. ކޮވިޑް-19 ގެ ސަބަބުން އެތަކެއް ފަހަރު ލަސްކުރެވިފައިވާ ޖޭމްސް ބޮންޑްގެ "ނޯ ޓައިމް ޓު ޑައި" އޮކްޓޫބަރު މަހަށް ތާވަލް ކުރެވިފައިވާ ގޮތަށް ރިލީސް ކުރާނަމަ، ކަސްޓަމަރުންގެ އަދަދު އިތުރުވެގެން ދާނެއެވެ. މީގެ އިތުރުންވެސް އެމް.ޖީ.އެމްގެ ފްރެންޗައިސްގެ ތެރޭގައި "ރޮކީ"، "ހޭންޑްމެއިޑްސް ޓޭލް"، "ރޮބޯކޮޕް"، ލީގަލީ ބްލޮންޑް" އަދި އެޕިކްސް ޓީވީ ނެޓްވޯކް ވެސް ހިމެނެއެވެ.

އެމޭޒަންއިން އެމް.ޖީ.އެމް ގަންނަން ބޭނުންވާ އެހެން ސަބަބުތަކުގެ ތެރޭގައި މީހަރަކަށް އައިސް ވަރަށް ހަލުއިމިނެއްގައި މުނިފޫހި ފިލުވުމުގެ ސިނާއަތުގައި ހިމެނޭ ކުންފުނިތައް އެއްވަމުން ދަނީ ވަރަށް ބާރުމިން ހިމެނެއެވެ. އެހެންކަމުން ނެޓްފްލިކސް އާއި ޑިޒްނީ ފަދަ ކުންފުނިތަކާއި އެއްހަމައެއްގައި ހިފަހައްޓާލުމަށްޓަކައި އިތުރު ފިލްމުތަކާއި ނެޓްވޯކްތަކާއި ސްޓޫޑިއޯތައް ހޯދުން ހިމެނެއެވެ.

މި ހަފްތާ ހޯމަ ދުވަހު "އޭ.ޓީ އެންޑް ޓީ" ހާމަކުރި ސީއެންއެންގެ ބެލެނިވެރި ކުންފުނި، ޑިސްކަވަރީ އާއި އެއްކޮލުމުގެ އެއްބަސްވުމަކީ މީޑިއާގެ ވިޔަފާރީގައި ހިންގި ވަރަށް ބޮޑު ވިޔަފާރިގެ މުއާމަލާތެކެވެ. މި ނިންމުމުގެ ސަބަބުން ޑިސްކަވަރީގެ ދަށުގައި ހިމެނޭ އިޓަލީގެ ބްރޭންޑްތަކާއި، ވޯނާ މީޑިއާގެ ދަށުގައި ހިމެނޭ ވިޔަފާރިތަކާއި، ޑިސްކަވަރީ ޗެނަލް، އެޗްބީއޯ، ސީއެންއެން އަދި އެޗްޖީ ޓީވީ ހިނެމެއެވެ. އެމޭޒަންއިން އެމް.ޖީ.އެމް ގަތުމަކީ މިފަހުން މުނިފޫހިފިލުވުމުގެ ސިނާއަތް ގުޑުވާލި ޑިސްކަވަރީ އަދި ވޯނާ މީޑިއާ ނިންމުން ފަދަ ނިންމުމަކަށް ނުވިޔަސް މުނިފޫހިފިލުމުގެ ސިނާއަތުގައި ހިންގި ތާރީޚީ ވިޔާފާރިއެކެވެ.