ކޮރޯނާ ވައިރަސް ގެ ސިފައިގައި ހަދާފައިވާ ޑެޒަރޓަށް މީހުންގެ ޝައުގުވެރިކަން ބޮޑުވެ ވިޔަފާރި ރަނގަޅު ވެއްޖެއެވެ.

ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގެ ބްލެކް މެޑޯނާ އަކީ ކުޑަ އެހެނަސް ފަތުރުވެރިންގެ މެދުގައި މަގްބޫލު ކެފޭއެކެވެ. ކޮރޯނާއާ ހެދި ވިޔަފާރި ދަށްވެފައި، މިހާރު ވަނީ ރަނގަޅުވާން ފަށާފައެވެ.

ފުރަބަންދުގައި އޭނާއަށް އައި ޚިޔާލަކާއެކު އޯލްގާ ބުޑްނިކް އުފެއްދި ކޮރޯނާ ޑެޒަރޓްގެ ރަހަ ރަނގަޅުވެފައި މަގްބޫލު ފޮނިއެއްޗަކަށް ވަނީ ވެފައެވެ.

ޕިޝްޓާޝީއޯ އާއި ރެސްބެރީ ޕިއުރީ އާއެކު މެދުގައި ރެސްޕްބެރީ އަކާއެކު، ޗޮކްލެޓް ތޮށިގަނޑެއްގައި ހަދާފައިވާ މި ޑެޒަރޓް ސައިޒްގައި ޓެނިސް ބޯޅައަކށް ވުރެން ކުޑައެވެ. މީގެ ބޭރު، ކޮކޯ ބަޓަރ ސްޕްރޭ ކޮށް، ޗޮކްލެޓް ޕައުޑަރު ބުރުއްސާފައި ވެއެވެ.

ކޮރޯނާ ވައިރަސްގައި ފެންނަ ކަށިތައް ހަދާފައި ވަނީ ވައިޓް ޗޮކޮލެޓާއި ހިކި ރަސްޕްބެރީ ބޭނުންކޮށްގެންނެވެ.

މެކްސިކޯއިން އުފައްދާ ކޮރޯނާ ބިއަރުވެސް ވަނީ މަގްބޫލު ބުއިމަކަށް ވެފައެވެ.

ދުވާލެއްގެ މައްޗަށް މީގެ ސަތޭކައެއްހާ ބޯޅަ ވިކެއެވެ.

ބުޑްނިކް މިހާރު ވިސްނަމުން ދަނީ ކޮރޯނާ ވެކްސިން ތީމަށްވެސް ޑެޒަރޓެއް އުފައްދާށެވެ. މީގައި ރަލާއި ލުނބޯ ހުތް ބޭނުންކުރާނެ ކަމަށް އޭނާ ބުންޏެވެ.