މައިބަދައިގެ ރިއްސުމަކީ ވަރަށް އާންމު ކަމަކެވެ. ވަރަށް ގިނަމީހުންނަށް ދިމާވާ މައްސަލަ އެއްވެސް މެއެވެ. ޚާއްޞަ ކޮށް މިދުވަސް ވަރު ގޭގައި ތިބެ މަސައްކަތް ކުރަން ޖެހުމުން (ވޯކް ފްރޮމް ހޯމް) މި ރިހުން އިތުރުވާ މީހުން ވެސް އެބަ އުޅެއެވެ. އޮފީހުގެ މާހައުލާ ޚިލާފަށް ގޭގައި ހުންނަ ގޮނޑީގައި އިންނަން ޖެހުމުންނެވެ. ނޫނީ ލެޕްޓޮޕް ހިފައިގެން އެނދުމަތީ އިންނަން ޖެހުމުންނެވެ.

މި ގޮތަށް ބުރަކަށީގައި ރިހޭ ރިހުމަށް ލުޔެއް ލިބޭނެ 3 ކަސްރަތެއް އިންޑިއާގެ "ނިއުޓްރިޝަނިސްޓެއް" ކަމަށްވާ ރަޖުކާ ދެވިކާރު ކިޔައިދެއްވާފައިވާ ގޮތަށް ލިޔެލަމެވެ.

ފާރެއް ކައިރީ ކޮޅަށް ހުރުން.

ފާރާ ކައިރީ ކުޅަށް ހުރުމަށްފަހު ކުޑަ ދެފިޔަވަޅު ކުރިއަށް އަޅާށެވެ. ދެން ފާރަށq ފުރަގަސް ދޭށެވެ. އެއަށްފަހު ސީދަލަށް ހުރެ ގުދުވާށެވެ. ކަކަލުހުޅުން ނުލަނބާ އަދި މައިބަދައިވެސް ސީދާ ވާނޭހެން ކުރިމައްޗަށް ލެނބޭށެވެ. މިހެން ލެނބޭ އިރު އުނަގަނޑު ފާރާ ދިމާއަށް ކޮއްބާ ލާށެވެ. އަދި ކޮނޑުހުޅު ނުލަނބާ ތަޅުންގަނޑާ ދެ އަތް ކާރި ކުރާށެވެ. މި ގޮތަށް 5 ފަހަރު ހަދާށެވެ.

ފާރަށް ކުރިމަތި ލުން

ފާރަށް ކުރިމަތި ލުމަށްފަހު ފާރާއި އެންމެ ކައިރި ވެލާށެވެ. ދެން ދެއަތް ތިލަ ފާރުގައި ވިއްދާށެވެ. ދެން ކޮނޑު ފިއްތޭނޭހެން ފާރާ ދިމާއަށް މޭ އުފުލުމަށްފަހު ފާރުގައި އަތްތިލަ ވިއްދާ ބާރު ލާށެވެ. މި ހެން ހަދާއިރު ބަނޑު ހިންދާ ފޫޅު އެތެރަށް ވާންނާނޭހެން ހިފާއްޓާލަން ވާނެއެވެ. އަދި އުނަގަނޑު ބޭރަށް ނުކުނަ ގޮތަށް ބާރު ލާން ވާނެއެވެ.

ފާރުގައި އަތް ވިއްދުން

ފާރާއި ދުރަށް ދެފިޔަވަޅު އަޅާށެވެ. އެއަށްފަހު ފާރަށް ފުރަގަސް ދޭށެވެ. ދެން ދެއަތް ތިލަ ފުރަގަހުން ފާރުގައި ވިއްދާށެވެ. މިގޮތަށް ހަދާއިރު ކޮނޑު ފިއްތާލުމަށް ފަހު މޭ ބޭރަށް ނެރޭގޮތަށް ހިފާލާށެވެ. މި ގޮތަށް އަތް ތިލައަށް ބާރުލާ މަޑު މަޑުން ކޮށްޕާށެވެ. މިގޮތަށް 5 އާ ހަމައަށް ގުނެން ދެން ހިފަހައްޓާލާ ށެވެ.

މި އީ ގޭތެރޭވެސް ކޮށްލެވިދާނެ ފަސޭހަ 3 ކަސްރަތެކެވެ.