ކޮވިޑް ފެތުރި ޢާންމުންގެ ނުތަނަވަސްކަން ބޮޑުވެފައިވާ، މި ވަގުތުގައި މެލޭޝިޔާގެ އައި.އެމް. ޔޫ.ޑަބްލިޔު ޔުނިވަރސިޓީގެ ދަރިވަރުން ބޭއްވި ޑިޖިޓަލް ކެމްޕެއިން ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ކެމްޕެއިންތައް ރާވައި ކުރިއަށް ގެންގޮސްފައި ވަނީ ކުއަލަ ލަމްޕޫރުގައި ދިރިއުޅެމުންދާ ބެޗެލާރ އޮފް ޕްރޮފެޝަނަލް ކޮމިއުނިކޭޝަން ހާސިލް ކުރަމުން އަންނަ ދަރިވަރުން ތަކެކެވެ. ދަރިވަރުން ފުރަތަމަ ނިންމައިފައި ވަނީ އެއް ހަފްތާގެ މުއްދަތަށް ދަރިވަރުންގެ ސިޓީ ކެމްޕަސްގައި ކެމްޕެއިން ފާހަގަ ކުރުމަށެވެ.

ނަމަވެސް ސަރުކާރުން ތިން މަސްދުވަހަށް ކަރަންޓީން އިޢުލާންކޮށްފައިވުމާއެކު، ސްޕަވައިޒަރުންގެ އެހީއާއެކު ދަރިވަރުން ނިންމީ، މުޅި ކެމްޕެއިން ޑިޖިޓަލްކޮށް ބެއްވުމަށެވެ.

ދަރިވަރުންގެ މި ނިންމެވުމާއި ގުޅިގެން، ޑރ. ނޫރުލް ނިސާ އުމަރު ބުނެފައިވަނީ

" އަޅުގަނޑުގެ ދަރިވަރުން މި ދަތި އުންދަގޫ ދަނޑިވަޅުގައި ހިތްވަރު އެލުވާނުލެއްވުމުން އަޅުގަނޑު އެދަރިވަރުންނާމެދު ވަރަށް ބޮޑަށް ފަހުރުވެރިވޭ. އަޅުގަނޑުމެންގެ ފެކަލްޓީއަކީ ޒުވާން، ޓެކްނޮލޮޖީ އަށް ފަރިތަ އަދި ޕްރޮފެޝަނަލް ވިސްނުމެއް ގެންގުޅޭ ބައެކެވެ. އަދި އަޅުގަނޑުމެންގެ ދަރިވަރުންނަކީ ވެސް އެފަދަ ބައެއް"

ދަރިވަރުން ވަނީ ކާމިޔާބީއާއެކު އެކާވީސް އަމިއްލަ ކެމްޕެއިން ތަކެއް ގިނަ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ހުށަހަޅާފައެވެ. މިގޮތުން ޔޫޓިއުބް، އިންސްޓަގްރާމް އަދި ފޭސްބުކް ހިމެނެއެވެ. މި ކެމްޕެއިންތައް ތިން ބަޔަކަށް ބަހާލާފައިވެއެވެ. މިގޮތުން ޑިޖިޓަލް އެޑިއުކޭޝަން، ދިރިއުޅޭގޮއް އަދި މުޖުތަމާއީ މައްސަލަތައް ހިމެނެއެވެ.

މި ކެމްޕެއިންގެ އަޑު ޔޫކޭ ވެބްސައިޓް އިމާރޖެންޓް ތިންކާރސް އާހަމައަށް ވަނީ ފޯރާފައެވެ. މި ވެބްސައިޓުގެ ވެރިފަރާތް ކަމަށްވާ ފެލިސިޓީ ހީލީ ބެންސަން ބުނެފައި ވަނޭ 'އަޅުގަނޑަށް ހަގީގަތަށްވެސް ދެންނެވޭނީ ހުރިހާ ހުށަހެޅުމަކުން ގިނަކަންކަން އެނގިގެން ދިޔައެވެ. ޑިޖިޓަލް މީޑިއާއަކީ ބާރުގަދަ ޓޫލްއެކެވެ. މުޖުތަމައު ބަދަލުކޮށްލުމަށް ބޭނުން ހިފޭނެ އެއްޗެކެވެ. މިކެމްޕެއިންގެ އަޑު. މިހާ ގިނަ މީހުންނަށް އަޑުއިއްވާލުމުން މީހުންގެ ދިރިއުޅުމަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.

މި އަހަރުން ފެށިގެން، ފަހު އަހަރުގައި ކިޔަވަމުންގެންދާ ދަރިވަރުން އެދަރިވަރެއްގެ ތިން އަހަރުން ދަސްވި ހުނަރުތަކާއި އަލަށް ލޯބިޖެހުނު ކަންތައްތއް އެކަޝީގެންވާ ހުށަހެޅުމެއް ދައްކުވައިދޭން ޖެހެއެވެ. މި ހުށަހެޅުން ތައް އަހަރަކު ދެފަހަރު ދައްކުވައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފެކަލްޓީ އޮފް ކޮމިއުނިކޭޝަން، އާރޓްސް އަދި މީޑިއާ އަކީ މި ޔުނިވާރސިޓީގައިވާ އެންމެ ޒުވާން ފެކަލްޓީއެވެ. މި ފެކަލްޓީއިން ތިން ކޮރިއޭޓިވް ބޭސްޑް ޑިގްރީ ޕްރޮގުރާމުތަކެއް ހިމެނެއެވެ. މިގޮތުން ޕްރޮފެޝަނަލް ކޮމިއުނިކޭޝަން، ޕަބްލިކް ރިލޭޝަންސް އަދި އިވެންޓް މެނޭޖްމެންޓް ހިމެނެއެވެ. މި ފެކަލްޓީވަނީ ކިޔަވައިދޭ ސިލަބަސްގެ ސަބަބުން މަޝްހޫރުވެފައެވެ. މި ހިއްވަރުގެ ސަބަބުން ދިރާސީ ދުނިޔެއާއި އިންޑަސްޓްރިއަލް ދުނިޔެ ގުޅިގެންދެއެވެ.

މި މުއައްސަސާއިން ކޮންމެ ދަރިވަރަކަށްވެސް މަރުހަބާ ކިޔައެވެ. ކޮންމެ ތަނެއްގައި ހުރެގެންވެސް މިޔުނިވަރސިޓީގެ ޚިދުމަތް ލިބިގަނެވޭނެއެވެ. މި ޔުނިވާރސިޓީގެ މައިގަނޑު މަގުސަދަކީ ވަޒީފާ ފަސޭހައިން ލިބެން މަގުފަހިކޮށްދޭ ތައުލީމެއް އިންޑަސްޓްރީއާއި ގުޅިގެން ދަސްކޮށްދިނުމެވެ. ނަތީޖާއެއްގެ ގޮތުން ދަރިވަރުން ޔުނިވާރސިޓިއިން ނުކުންނަ އިރު ވަޒީފާއަށް ވާނީ ފަރިތަވެފައެވެ. އެހެން މަގުބޫލު ދާއިރާ ތަކަކީ ސައިކޮލޮޖީ، ބިސްނަސް، ކޮމްޕިއުޓާ ސައިއެންސް އަދި ބައިއޯޓެކްނޮލޮޖީއެވެ.

އިންޓަރ ނެޝަނަލް ޔުނިވާރސިޓީ އޮފް މެލޭ-ވޭލްސް (އައި.ޔޫ.އެމް.ޑަބަލްޔޫ) ގައި ކިޔެވުމަށް، މި ޕްރޮގްރާމް ތަކުގައި ބައިވެރިވާ ދަރިވަރުންނަށް ޔޫކޭ އަށް ދަތުރުކޮށް، އެއް ސެމެސްޓަރް ޔުނިވާރސިޓީ އޮފް ވޭލް ޓްރިނިޓީ ސެއިންޓް ޑޭވިޑް (ޔޫ.ޑަބަލްޔޫ.ޓީ.އެސް.ޑީ) ގައި ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ. އައި.ޔޫ.އެމް.ޑަބަލްޔޫ ގެ ދަރިވަރެއްގެ ގޮތުގައި ޔޫކޭ އަށް ދަތުރުކުރާއިރު، އިތުރު ޓިއުޝަން ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. މިކަމުން ދަރިވަރުންނަށް ޔޫ.ޑަބަލްޔޫ.ޓީ.އެސް.ޑީ އާއި އައި.ޔޫ.އެމް.ޑަބަލްޔޫ އިން ޑުއަލް އެވާރޑް ލިބުމަށް މަގުފަހިކޮށްދެއެވެ.

އިތުރު މައުލޫމާތަށް ޔުނިވާރސިޓީގެ ވެބްސައިޓް http://www.iumw.edu.my/ ޒިޔާރަތްކޮށްލައްވާ