ދުޅަހެޔޮ ދިރިއުޅުމަކަށް ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ރައްކާތެރިވުމަށްޓަކައި 3-4 ފުރުޞަތެއް ލިބޭނެއެވެ. އެއީ ޓާޝަރީ އަދި ސެކަންޑަރީ ޕްރިވެންޝަން، މިއީ ބައްޔެއް ޖެހުމުން ބަލިން އަރައިގަތުމަށްޓަކައި އޮންނަ މަރުހަލާއެކެވެ. މިސާލަކަށް ކެންސަރު ޖެހުމުން ކީމޯތެރަޕީ ހެދުން ހިމެނެއެވެ. މި މަރުހަލާގައި ތިބާގެ ބުރަ މަސައްކަތުން ހޯދި ހުރިހާ ފައިސާއެއް ހުސްވެ ސަލާންޖަހާ ހިސާބަށްދެއެވެ. ހިތަށް އަރާނެއެވެ. އޭރު ޑޮކްޓަރުގެ ބަސް އެހުނު ނަމައެވެ. އަދި ހެލްތު ވޯކަރު ދިން މަޢުލޫމާތުގެ ބޭނުން ހިފުނު ނަމައެވެ.

ޕްރައިމަރީ ޕްރިވެންޝަންއަކީ ތިމާގެ ބަލިޖެހުމުގެ ހުރި ފުރުސަތުތައް ދެނެގަނެ އަކަން ކަމަށް ބަދަލު ގެނައުމެވެ. މިސާލަކަށް އާއިލާގައި ހަކުރުބަލި ހުރިނަމަ ސްކްރީންކޮށް ބެލުމާއި ދުރާލާ ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅުކުރުމެވެ. މި މަރުހަލާގައި ވަރަށް ގިނައިން ދިމާވާ ކަމެއް ހިއްސާކޮށްލާނަމެވެ. ޑޮކްޓަރަށް ދައްކަންދާ އިރު ލޭގެ ޕްރެޝަރ ބޯޑަރ ލައިންގައި ހުންނަ މީހުން ބުނެ އުޅެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާކަށް ޑޮކްޓަރު ނުބުނެއެވެ. އަދި މާ ބޮޑަށް ފަލަވުމުން ހިކޭކަށްވެސް ނުބުނެއެވެ. މި މަރުހަލާގައި މިކަހަލަ ނޭދެވޭ ކަންކަން ހުއްޓާލެވިއްޖެނަމަ ދުޅަހެޔޮ ޞިއްޙަތެއް ލިބުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އާއްމު ހޭލުންތެރިކަމުގެ ހަރަކާތްތައްވެސް ފެތެނީ ވެސް މި މަރުހަލާއަށެވެ.

އެންމެ ފަހުން މި ލިޔެލަނީ އަސްލު އެއްމެ ފުރަތަމަ މަރުހަލާގެ ވާހަކަ އެވެ. އެއީ ޕްރީމޯޑިއަލް ޕްރިވެންޝަނެވެ. މި މަރުހަލާގައި ރައްކާތެރިކަމަށްޓަކައި ޕޮލިސީ ހެދުމާއި ހަދާފައި ހުންނަ ޕޮލިސީތަކަށް އިހްތިރާމްކޮށް އެއަށް އަމަލުކުރުން މުހިއްމެވެ. މިސާލަކަށް ދުންފަތުގެ ގާނޫނާއި، ހެލްތު އެންޑް ސޭފްޓީ ގަވާއިތުތައް ހިމެނެއެވެ. އަދި ކުޑަކުދިން ހެދި ބޮޑުވާ މިންވަރު ބެލުމާއި ވެކްސިނަކީވެސް މިފަދަ އެއްޗެކެވެ. އަހަރެމެންނަކީ ޑޮކްޓަރަކު ނުވަތަ ހެލްތު ވޯކަރަކު ބުނަންދެން ކަންކަން އިސްލާހް ކުރަން ތިބޭ ބަޔަކަށް ވެގެން ނުވާނެއެވެ. ދުވާލަކު 3 އިރު ރަނގަޅުކާނާ ކާން އާދަކޮށް، ގަވާއިދުން ކަސްރަތުކޮށް، ދުންފަތާއި އޭގެ ދުމުން ރައްކާތެރިވެ، ތިމާގެ ނަފްސާނީ ސިއްހަތު ދުޅަހެޔޮކޮށް، ދިރިއުޅުމުގެ ވައްޓަފާލިއަކަށް ދުޅަހެޔޮ އާދަތަށް އަށަގަންނުވާށެވެ. ދުރާލާ ރައްކާތެރިވުމުން އިގްތިޞާދީ ގޮތުން ފުދުންތެރިމީހަކަށްވެ، އިޖްތިމާޢީ އަދި ޞިއްޙީ ގޮތުން ދުޅަހެޔޮ މީހަކަށްވެ، އުފެއްދުންތެރި މީހަކަށްވެ، އުފާވެރި ދިރިއުޅުމެއް ފެންނާނެއެވެ.