އދގެ 76 ވަނަ އާންމު މަޖިލީހުގެ ނާއިބް ރައީސްގެ މަގާމަށް އޭޝިއާ ޕެސިފިކް ގައުމުތަކުގެ ގްރޫޕުން ބަންގްލަދޭޝް އިންތިޚާބް ކޮށްފިއެވެ. މުހައްލިލުން ބުނާ ގޮތުގައި ބަންގްލަދޭޝް މި މަގާމަށް މި އިންތިޚާބްވީ، ބަންގްލަދޭޝްގެ ސަރުކާރުން ގެން ގުޅޭ އިގްތިސާދީ އަދި ސަލާމަތީ ސިޔާސަތަށް ގައުމުތަކުގެ އިތުބާރު އޮތުމުގެ ސަބަބުންނެވެ.

ބަންގްލަދޭޝަކީ ދެކުނު އޭޝިއާގައި އެންމެ ބާރަށް ތަރައްގީ ވަމުން އަންނަ އިގްތިސާދެވެ. މީގެ އިތުރުން ބަންގްލަދޭޝް އިން ވަނީ ޓެރަރިޒަމަށް ފައިސާ ހޭދަ ކުރުމާއި ޓެރަރިޒަމަށް ވާގިވެރިވާ ޖަމާއަތްތަކާ ދެކޮޅަށްވެސް ފިޔަވަޅުތަކެއް އަޅާފައެވެ.

ބަންގްލަދޭޝް އިން އެންމެ ފަހުން ހަނގުރާމަ ކޮށް ކާމިޔާބީ ހޯދާފައި ވަނީ ހިފާޒަތޭ އިސްލާމީ ނަމަކަށް ކިޔާ ޕާޓިއަކާ ދެކޮޅަށެވެ. ޝެއިޚް ޙަސީނާ ވަނީ ލުޔެއް ދެއްވުމަކާ ނުލައި ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް ކެމްޕޭނެއް ހިންގަވާފައެވެ. ބަންގްލަދޭޝް އިން މަނާ ކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭގައި ހަރަކަތުލް ޖިހާދް ބަންގްލަދޭޝްއާއި އަންސާރުލް ބަންގްލާ ޓީމާއި ޖަޖމާއަތުލް މުޖާހިދީން ބަންގްލަދޭޝް ހިމެނެއެވެ.