ޕާކިސްތާނާއި އިންގްލެންޑް ކުޅޭ ކުރިކެޓް މެޗްތައް ޕާކިސްތާންގެ ޓީވީ ޗެނަލްތަކުގައި ނުދެއްކުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. މި މަހުގެ 25 ން ފެށިގެން ޕާކިސްތާނާއި އިންގްލެންޑްގެ ކްރިކެޓް މެޗްތައް ކުޅެން ފަށާނެއެވެ. މި މެޗްތައް ދުރަށް ދެއްކުމުގެ ހައްގު ގަނެފައިވަނީ އިންޑިއާގެ ސްޓާ ޓީވީ ޗެނަލްއާއި ސޮނީ ޓީވީ ޗެނަލުންނެވެ.

ޕާކިސްތާން ސަރުކާރު ޓީވީން މި ދެ ޗެނަލުން މެޗްތައް ދުރަށް ދެއްކުމުގެ ހައްގު ގަނެގެން މެޗްތައް ދައްކަން ކެބިނެޓަށް ހުށަހެޅުމުން ކެބިނެޓުން ވަނީ އިންޑިއާގެ ޗެނަލަކުން ގަނެގެން މެޗްތައް ދުރަށް ދެއްކުން މަނާ ކޮށްފައވެ.

ޕާކިސްތާނުން ބުނާ ގޮތުގައި އިންޑިއާއިން ކަޝްމީރުގެ މައްސަލަ ހައްނުކުރާހައި ހިނދަކު އިންޑިއާއާއެކު ގުޅުން ރަނގަޅު ކުރުމަށް ވާހަކައެއް ނު ދެއްކޭނެ ކަމަށެވެ.

ޕާކިސްތާނުން ބުނެފައި ވަނީ އިންޑިއާ ޗެނަލުން ދުރަށް ދެއްކުމުގެ ހައްގުތައް ގަތުމުގެ ބަދަލުގައި ކޮންމެވެސް އެހެން ގޮތްތަކެއް ސަރުކާރުން ހޯދާނެ ކަމަށެވެ.