އިލެކްޓްރޯނިކް ކުނިބުނި މެނޭޖްކޮށް ދަގުއި ހެދުމުގައި އެންމެ ނުކުޅެދޭ ގައުމުތަކަކީ އިންޑިއާއާއި ޕާކިސްތާނާއި ބަންގްލަދޭޝްއެވެ. އދން ޝާއިއުކުރި ރިޕޯޓް ބުނާ ގޮތުން މި ތިން ގައުމު ހިމެނެނީ މިބާވަތުގެ ކުނި މެނޭޖް ނުކުރެވޭ 15 ގައުމުގެ ތެރޭގައެވެ.

އިލެކްޓްރޯނިކް ކުނި ދަގުއިއަށް ބަދަލުކުރުމުގައި އެންމެ ކުޅަދާނަ ގައުމުތަކުގެ ތެރޭގައިވެސް އިންޑިއާ ހިމެނެއެވެ. ދެން ހިމެނެނީ ސީނުކަރައާއި ބްރަޒީލެވެ.

ދުނިޔޭގެ ޖަމުއިއްޔާއިން، ކުޑަކުދިންނާއި ސުމޭކު އާލާތުގެ ކުނިގޮނޑާ ބެހޭ 2021ގެ ރިޕޯޓްގެ ނަމުން ޝާއިއުކުރި (ޗިލްޑްރެން އެންޑް ޑިޖިޓަލް ޑަމްޕްސައިޓް) ރިޕޯޓުގެ އެންމެ މުހިންމު އުސްއައްޔަކީ، ވާން އުޅޭ މައިންނާއި ކުޑަކުދިންނާއި ޅަފުރައިގެ ޒުވާން ކުދިންނަށް ދުނިޔޭގެ ކަންކޮޅުތަކުގައި ސުމޭކް އާލާތްތައް ހޮވައި ހެދުމުގައި ސިއްޙީ ހިރާސްއަށް ހުށަހެޅިފައިވާ ކަމަށެވެ. މި ރިޕޯޓަކީ މިހާތަނަށް ސުމޭކް އާލާތުން ދިމާވާ ސިއްޙީ ނުރައްކަލާ ބެހޭގޮތުން އެންމެ ފުޅާ ދާއިރާއެއްގައި ތައްޔާރު ކޮށް އެކުލަވައިލާފައިވާ ރިޕޯޓް ކަމަށް ސިފަ ކުރެވޭ ރިޕޯޓެވެ. އދން މި ރިޕޯޓް ޝާއިއުކުރި ވަގުތު ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވެސް މި ރިޕޯޓް ނެރެފައެވެ.

· މިދިޔަ އަހަރު ޕާކިސްތާނުން 433 ކިލޯ ޓަނުގެ އިލެކްޓްރޯނިކް ކުނި އުފެއްދިއެވެ.

· އިންޑިއާއިން މިދިޔަ އަހަރު 3230 ކިލޯޓަނުގެ އިލެކްތްރޯނިކް ކުނި އުފެއްދިއެވެ.

· ޕާކިސްތާނުން ދަނީ އިލެކްޓްރޯނިކް ކުންޏާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންނެވެ.

· އިންޑިއާގައި އިލެކްޓްރޯނިކް ކުނުބުންޏާ ބެހޭ ސިޔާސަތެއް ނެތެވެ.

· އިލެކްޓްރޯނިކް ކުނި އެހެން ގައުމުތަކުން އެތެރެ ކޮށް އިއާދަކުނިވި ބޭނުމަށް ރޫޅައި ހަދައެވެ.

· އިލެކްޓްރޯނިކް ކުނި ރޫޅައި ހަދަނީ ވައި ބަދަލުވާ ގޮތަށް ނުހުންނަ ބަންދު ތަންތާގައެވެ.