ކޮވިޑް19ގެ ވަބާގައި އިންޑިއާގެ އިގްތިސާދުގެ ދުވެލި ލަސްވިކަމުގައި ވިނަމަވެސް، ލަގްޒަރީކާރުގެ ވިޔަފާރި ރަނގަޅުކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. އިޓަލީގެ ލޮބަރްޖީނީ ބުނާ ގޮތުން އެކުންފުނީގެ ލަގްޒަރީ ކާރުގެ ވިޔަފާރި ވަނީ ސައްތައިން ސައްތަ މައްޗަށް ގޮސްފައެވެ. މީގެ އިތުރުން މަރސީޑީސްއިން ވެސް ބުނަނީ އެމީހުންގެ ވިޔަފާރިވެސް ކޮވިޑްގައި ކުރިއަށް ވުރެން ރަގަޅު ވެފައިވާ ކަމަށެވެ. މަރސީޑިސްއިން ވަނީ އިންޑިއާގެ ބާޒާރަށް 15 މޮޑެލްއެއް ތައާރަފް ކޮށްފައެވެ.

މި ކުންފުނިތަކުން ބުނަނީ ކޮވިޑްގެ ހާލަތު ރަގަޅު ވުމާއެކު ވިޔަފާރި އިތުރަށް ރަގަޚު ވެގެންދާނެ ކަމަށެވެ.

އިންޑިއާގައި ލަގްޒަރީ ކާރުގެ ވިޔަފާރި ރަނގަޅުކަމަށް ދެއްކިނަމަވެސް އެހެން ބާވަތުގެ ކާރުތަކުގެ ވިޔަފާރި އުޅެނީ ދަށުގައެވެ.

ފެޑެރޭޝަން އޮފް އޮޓޯމޮބައިލް ޑީލާޒްއިން ބުނާ ގޮތުން 2021ގައި އިންޑިއާގައި ފަސްލައްކަ ތިރީސްފަސްހާސް އުޅަނދު ވިއްކާފައި ވެއެވެ. މިއީ ކުރީގެ އަހަރުތަކާ ބަލާއިރު 71 އިންސައްތަ މަދުވެފައިވާ އަދަދެކެވެ.