އެމެރިކާގެ ވޮޝިންޓަން ސްޓޭޓުގައި، ބިލް ގޭޓްސްގެ އަމިއްލަ މިލްކިއްޔާތުގައިވާ ދަނޑުބިމުގެ ބޮޑުމުނުގައި 14000 އޭކަރު ހިމެނެއެވެ. މީގެތެރޭގައި އަލުވި ދަނޑުތައްވެސް ހިމެނެއެވެ.

މިހާރު ކައިވެނި ރޫޅުމުގެ މަރުހަލާ ކުރިޔަށްދާ ބިލިޔަނަރު ބިލް ގޭޓްސް އާި މިލިންޑާ ގޭޓްސް ވަނީ އެމެރިކާގެ ދަނޑުވެރިކަމަށްވެސް ވަރަށް ބޮޑު އަދަދެއް އިންވެސްޓް ކޮށްފައެވެ. މިއީ ގިނަފަރާތް ތަކަށް ނޭނގޭ ކަމެއް ނަމަވެސް އެމެރިކާގެ 18 ސަހަރެއްގައި މިދެމަފރިންގެ 269000 އޭކަރުގެ އަމިއްލަ ދަނޑު ބިންތައް ވެއެވެ. މި ތަންތާގައި މެކްޑޮނަލްޑް ކުންފުންޏަށް ފްރެންޗް ފްރައީސް ހަދަން ގަންނަ އަލުއްވާި ކެރެޓް އަދި ފިޔާ ފަދަ ދަނޑު ތައް ވެއެވެ.

އެން ބީ ސީ ނިއުސް އެންޑް ލޭންޑް ރިޕޯޓް އިން ހާމަކުރި ގޮތުގައި މައިކްރޮސްފޮޓްގެ ވެރިޔާގެ މިލްކިއްޔާތުގައި 70000 އެކުޓަރުގެ ދަނޑު ބިން ވެއެވެ. އެމެރިކާގެ މިއީ އުތުރު ލޫސިއާނާގައިވާ ބިންތަކެކެވެ. މިތަނުން 20000 ބިމުގައި ސޯއީ ސޯޔާބީން، ޒުވާރި، ކަފަ އަދި ހަނޑޫވެސް ހައްދާފައި ވެއެވެ.

އަދި މިނޫނަސް ބިލް އާއި މެލިންޑާގެ 14000 އޭކަރުގެ ދަނޑުބިންތައް ވޮޝިންގް ޓަނުގައިވެސް ވެއެވެ. މިތާގައި ހައްދާފައިވަނީ އަލުއްވެއެވެ. މި އަލުވި ދަނޑުތައް ޖައްވުންވެސް ފެންނަހާ ބިޔަ އެވެ. މެކްޑޮންލަޑް އިން ފްރެންޗް ފްރައިސް ތައްޔާރު ކުރަނީ މިދަނޑުތަކުން ނަގާ އަލުވިންނެވެ.

ބިލްގޭޓް މާރިޗު މަހު އޭނާގެ އެންމެ ފަހުގެ ފޮތް " ހައު ޓް އެވޮއިޑް ކްލައިމެޓް ޑިޒާސްޓާ" އިޝްތިހާރު ކުރަމުން ހާމަ ކުރިގޮތުގައި މި ބިންތައް ގަތުމަށް ޚިޔާލުދިނީ އޭނާގެ "އިންވެސްޓްމެންޓް" ގުރޫޕުންނެވެ. މިއީ މޫސުމާ ގުޅުން ހުރި ކަމެއް ނޫނެވެ. ދަނޑުވެރިކަމަކީ މުހިއްމު ކަމެކެވެ. ގިނަ އަދަދުގެ ގަސްފަޅާ އޮއްތަކުގެ ސަބަބުން އެފްރިކާ އަށް ކުރިމަތިވަމުން ދާ ގަސްތައް ކަނޑާ ގަސްތައް މަދުވުމުން މޫސުމާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރެވޭނެއެވެ.

ބިލްގޭޓްގެ ދެމަފިރިން މިހާރު ވަކިވުމުގެ މަރުހަލާ ކުރިއަށް ދާއިރު އެދެމަފިރިންގެ މިލްކިއްޔާތުގައިވާ ހުރިހާ ތަކެއްޗެއްވެސް ދެމީހުނަށް ބަހާލެވޭނެއެވެ. ބިލްގޭޓް އަށް ތާއީދު ނުކުރާ މީހުން ބުނާ ގޮތުގައި ކާބޯތަކެއް ޗާއި ދަނޑުވެރިމަށް ބިލްގޭޓް ވަރަށް ބޮޑަށް ބާރު ފޯރުވައެވެ. އަދި އޭނާގެ މަގުޞަދަކަށް ވަނީ ދުނިޔެ އަށް އެހީ ވުމުގެ ބަދަލުގައި އަމިއްލަ ނަފުސު ކުރި އެރުވުމަށް މަސައްކަތް ކުރުމެވެ.