ޖަޕާނުން ޗައިނާއާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅޭން ފަށައިފިއެވެ. ޗައިނާގެ ޚުދުމުޚުތާރު ގޮތްތަކާ ކުރިމަތި ލުމަށް ޔޫރަޕުން އޭޝިއާގައި ނޭޓޯ ސިފައިން ބައިތަން ޖެހޭނެ ކަމަށާއި ގުޅިގެން ޗައިނާއާ ކުރިމަތިލުމަށް ޖަޕާންގެ ޑިފެންސް މިނިސްޓަރ ގޮވައިލައްވައިފިއެވެ.

ނޯބީ ކީޝީ މިފަދައިން ވާހަކަ ދެއްކެވީ ޔޫރަޕްގެ ޕާލަމެންޓްގެ ސަލާމަތީ ކަންތައްތަކާ ބެހޭ ސަބް ކޮމިޓީގައެވެ.

ޖަޕާންގެ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތާ ގާތް ފަރާތަކުން ބުނިގޮތުގައި މި ސްޕީޗަކީ، ޗައިނާއަށް ފިއްތުމަށް ޖަޕާނާއި ބައިވެރިވުމަށް ޔޫރަޕްގެ އިއްތިޙާދު ގާތް ކުރުމުގެ ގޮތުން ދެއްވި ސްޕީޗެކެވެ. ޗައިނާއިން ގަދަ ބާރުން އަމިއްލައަށް ދެކުނު ޗައިނާގެ ކަނޑުގެ ތަންތަނަށް ބަދަލު ގެނައުންވެސް އޭނާ ކުށްވެރި ކުރެއްވިއެވެ.

ޖޯ ބައިޑެންއާއި ޖަޕާންގެ ބޮޑު ވަޒީރު ޔޮޝިހިޑޭ ސޫގާވެސް ވަނީ ޗައިނާއިން ދެކުނު ޗައިނާ ކަނޑާއި އިރުމަތީ ޗައިނާ ކަނޑުގައި އަމަލުކުރަމުންދާ ގޮތާމެދު ނުތަނަވަސްކަން ފާޅު ކުރައްވާފައެވެ.

ޖަޕާނާއި ޗައިނާއިން އެތައް މައްސަލައެއްގައި ޚިޔާލު ތަފާތުވުން ގެންގުޅެއެވެ. އެންމެފަހުން ދެފަރާތުން ދެބަސްވާން ފެށި މައްސަލައަކީ ފުކޫޝީމާ ރިއެކްޓަރގެ ފެން ކަނޑަށް ބޭރުކުރުމަށް ޖަޕާނުން ނިންމުމުންނެވެ.

މުހައްލިލުން ބުނާ ގޮތުގައި ޗައިނާއާ ދެކޮޅުވެރިވުމަށް ޔޫރަޕްގެ ޕާލަމެންޓުގެ ބޮޑު ތާއީދެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.