މާލެ ސަރަހައްދުން 66 މީހުންނާއެކު 172 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ ބުނީ ފާއިތުވި 24 ގަޑި އިރު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ދެން ހިމެނެނީ އަތޮޅުތަކުން 96 މީހުންނާއި އޮޕަރޭޝަނަލް ރިސޯޓުތަކުން 10 މީހުން ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދު 72،466 އަށް ވަނީ އަރާފަ އެވެ. އަދި އެކްޓިވް ކޭސްގެ ޢަދަދު 4،362 ގައި ހުރި އިރު، 41 މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުން ނެވެ.

ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 67،886 މީހުން ރާއްޖެއިން ރަނގަޅުވެފައިވާ އިރު، 207 މީހުން ވަނީ މިބަލީގައި މަރުވެފަ އެވެ.