ދިރާސާ ތަކުން ދައްކާ ގޮތުގައި ކެއިން ބުއިމަށް ގެންނަ ބަދަލުތަކުގެ ސަބަބުން އިންސާނާގެ ލޭ ހޮޅިތަކުގައި ޖަހާ ސަރުބީތައް މަދުކޮށް އަދި އެ ސަރުބީތައް ފިލުވާވެސް ލެވިދާނެއެވެ. މިގޮތުން ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ހިތާ ގުޅުން ހުންނަ ގިނަ ބަލިތަކުން ރައްކާތެރިކަން ލިބިދެއެވެ. ކާނާއަށް ގެންނަ ބަދަލަކުން ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ނާރުތައް ބެދުމާއި ފަލަވުމާއި ކޮލޮސްޓްރޯލް މައްޗަށް ދިއުން ފަދަ ކަންކަމުން ފަސޭހަކަމާއެކު ސަލާމަތް ވެވިދާނެއެވެ.
ތިރީގައި މި ހިމަނާލަނީ މިފަދަ ބަލިތަކުން ދުރުކޮށްދީ ހަށިގަނޑުގެ ދިފާއީބާރު ވަރުގަދަކޮށްދޭނެ ބައެއް ކާނާއެވެ.
އޮރެންޖު
އޮރެންޖަކީ ކާލަން މީރު އަދި ވިޓަމިންސީ އާއި ގިނަ އަދަދަކަށް ފައިބާ އާއި ނިއުޓިރިއަންޓްސް އެކުލެވިގެންވާ މޭވާ އެކެވެ. އޮރެންޖުގައި އެކުލެވިގެންވާ މާއްދާ އެއް ކަމަށްވާ "ޕެކްޓިން" އަކީ ކާނާގައި އެކުލެވޭ ކޮލޮސްޓޮރޯލް އަންދާލަދޭ މާއްދާއެކެވެ. އަދި ހަމަ މިއާއެކު ބީޕީ ދައްކުރުމަށް ބޭނުންވާ ޕޮޓޭސިޔަމް އާއި ހިތް ހުއްޓުމަށް ދިމާވާ ޕްރޮޓީންސް ދައްކޮށްދޭ މޭވާއެއްވެސް މެއެވެ.
ލޮނުމެދު
ކާބޯތަކެތި ހެދުމަށް އާންމުގޮތެއްގައި ބޭނުންކުރާ ލޮނުމެދަކީ ނާރުތަކުގައި ސަރުބީ ޖެހުން އަދި ބީ ޕީ ދައްކޮށްދިނުމަށް އެހީވާ ބާވަތެކެވެ. ދިރާސާ ތަކުން ދައްކާގޮތުގައި ގަވާއިދުން ލޮނުމެދު ގުޅަ ކާ މީހަކުނަމަ، ނާރުތައް ބެދުން ފަންސާސް ޕަސެންޓު ކުޑަކޮށްދެއެވެ.
ޗޮކްލެޓް
ހާވަޑުގެ ދިރާސާތަކުން ދައްކާގޮތުގައި ގަވާއިދުން ރޯ ކޮކޯ ބޭނުންކުރާ މީހުންގެ ބީ ޕީ ދައްކޮށްދެއެވެ. ސަބަބެއްކަމަށްވަނީ ޑާކް ޗޮކުލެޓަކީ އެންޓިއޮކިސިޑެންޓެއް ކަމަށްވާ "ފޮލެވްނޮލްސް" ހިމެނޭ ބާވަތެކެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށް ދެއެވެ.
އަލްމަންޑް
ވަރަށް ގިނަމީހުންނަށް މީރު އަލްމަންޑަކީ ހަނދާން ގަދަކޮށްދީ، ތޫނުފިލިކަން އިތުރުކޮށްދީ އަދި ހަކުރުބައްޔާއި ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކާނާ އެކެވެ. އަދި އަލްމަންޑުގައި އެކުލެވޭ "ޕްލާންޓް ސްޓެރޯސް" ގެ ސަބަބުން ހަށިގަނޑަށް ގެއްލުންދޭ ކޮލެސްޓްރޯލްގެ ވައްތަރެއްކަމށްވާ އެލް ޑީ އެލްގެ ނުރައްކާ ކުޑަ ކޮށްދެއެވެ.
އަންނާރު
އަންނާރަކީ އަނގަޔަށް މީރު ފަސޭހައިން ލިބޭ މޭވާ އެކެވެ. އަދި މިއީ ހީވެސް ނުކުރާފަދަ ވަރަށް ތަފާތު އަދި މަދު "އެންޓި އޮކްސިޑަންޓް" ގެ ބާވަތްތައް އެކުލެވޭ މޭވާ އެކެވެ. ލޭ ހޮޅީގައި ޖަހާ ސަރުބީ އިން ފެށިގެން ސްޓޮރޯކް، ޕްރޮސްޓޭޓް ކެންސަރ، ހަކުރުބަލި، އަލްޒެއިމާ ފަދަ ބަލިތަކުން ރައްކާތެރިކޮށްދިނުމުގެ އިތުރަށް ހަންގަނޑު ރީތިކޮށްދިނުމާއި ހުޅުތަކާއި ދަތްޕިލަ އަދި ޗިސްމޭ ދުޅަހެޔޮކޮށްދޭ މޭވާއެކެވެ.
ރީނދޫ
ރީނދުލަކީ އޭގައި އެކުލެވިގެންވާ ސިއްޚީ ފައިދާ ނޭނގުނުކަމުގައި ވިޔަސް ގިނަ ބާވަތްތަކުގެ ކަނާ ތައްޔާރު ކުރުމަށް ބޭނުން ކުރާ ހަވާދުގެ ބާވަތެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ރީނދުލުގައި އެކުލެވިގެންވާ ބާވަތެއްކަމަށްވާ "ކާސިއުމިން" އަކީ " ކާޑިއަކް ހައިޕާޓްރޮފީ" ނުވަތަ ހިތް ދުޅަވުމުން ދުރުކޮށްދޭ ބާވަތެއް އެކުލެވިގެންވާ އެއްޗެކެވެ. ހަމަ މިއާއެކު ފަލަވުމާއި ލޭނާރުތަކުގެ މައްސަލަޖެހުންވެސް ކުޑަކޮށްދޭ ބާވަތެކެވެ.
އާފަލު
އާފަލަކީ ފަސޭހަކަމާއެކު ލިބެންހުންނަ ގިނަ މީހުން ކެއުމަށް ލޯބިކުރާ އަނގަޔަށް މީރު މޭވާ އެކެވެ. އާފަލަކީ ސިއްޙަތަށްވެސް ފައިދާހުރި ވަރަށް ގިނަ ވިޓަމިންސްއާއި މިނަރަލްސް އަދި އެންޓި އޮކްސިޑަންޓް ގެ ބާވަތްތައް އެކުލެވިގެންވާ މޭވާއެކެވެ.
ބަށި
ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކުރާ ދަނބު ބައްޓަކީ ރިހަ ކައްކައިގެން ފިހެގެން އަދި މައްސުނި ހަދައިގެން އަދި މިނޫނަސް އެކި ގޮތްގޮތަތައް ކެއުމުގައި ބޭނުންކުރާ ތަރުކާރީ އެކެވެ. ބަށީގައި އެކުލެވިގެންވާ ގުދުރަތީ މާއްދާ ތަކުގެ ސަބަބުން ލޭ ދައުރުކުރުން ރަނގަޅުކޮށްދީ ކޮލޮސްޓްރޯލް ދައްކޮށްދީ ލޭ ހޮޅީގައި ލޭގަނޑުވުން ދުރުކޮށްދީ އަދި ކެންސަރު ޖެހުމާވެސް ދުރުކޮށްދޭ ފަސޭހައިން ލިބެން ހުންނަ ތަރުކާރީ އެކެވެ.
ކެރެޓް
ކެރެޓަކީ ރޮލަށް ކާލަންވެސް މީރު ތަރުކާރީގެ ބާވަތެކެވެ. މިއީ ވިޓަމިން އޭ، ކޭ އަދި ސީން މުއްސަނދިވެފައިވާ ބާވަތެކެވެ. ކެރެޓުން ނާރުތަކާއި ކަށިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ އިރު ހިތަށް ނުރައްކަ ކުރާ "އެމިނޯ އެސިޑް" ދައްކޮށްދީ އަދި ކެންސަރާ ދެކޮޅަށްވެސް މަސައްކަތް ކޮށްދޭ ބާވަތްތައް އެކުލެވިގެން ވާ ތަރުކާރީ އެކެވެ.
ކޮފީ
މިހާރު އަހަރެމެންގެ މުޖުތަމައުގައި ފެޝަނަކަށްވެގެން މި ބޯ ކޮފީ އަކީ ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުންފަދަ ކަންކަމުން ދުރުހެލިކޮށްދޭ ބުއިމެކެވެ. ނަމަވެސް ކޮފީ ބުއިމުގައިވެސް ހައްދެއް އޮންނަން ވާނެއެވެ.
އިނގުރު
އިނގުރަކީ ކެއުމުގެ ބާވަތްތަކުގެ ރަހަ އާއި ވަސް މީރުކޮށްދޭ ހަވާދުގެ ބާވަތެކެވެ. ގަވާއިދުން އިނގުރު ބޭނުންކުރާ މީހުންގެ ބީ ޕީ ކޮންޓްރޯލް ކޮށްދީ ލޭ ހޮޅި ބެދުމުގެ މައްސަލަތަކުން ދުރުހެލިކޮށްދެއެވެ.