ލޯ ކައިރި ކަޅުވުމަކީ ވަރަށް ގިނަ މީހުނަށް ދިމާވާ މައްސަލަ އެކެވެ. މި މައްސަލަ ދިމާވުމުން ލޯ ކައިރި ކަޅުވެ އެހިސާބުގެ ހަންގަނޑުގައި ރޫޖެހި ހަންގަނޑު ހިކިގެން ދެއެވެ. މިއީ ލޮލުގެ ވަށައިގެންވާ ދާއިރާގައި ރަނގަޅަށް ލޭ ދައުރު ނުވާތީވެ ދިމާވުމުން އަންނަ މައްސަލައެކެވެ.

ލޯ ކައިރި ކަޅުވުމަށް މެދުވެރިވާ ސަބަބު ތަކުގެ ތެރޭގައި ރަނގަޅު ކާނާ ބޭނުން ނުކުރުމާއި ހަށިގަނޑު ބޭނުންވާ ވަރަށް ވުރެ އިތުރަށް ނުވަތަ ގިނައިން ކެއިން ބުއިމާއި އެކަށީގެންވާ މިންވަރަށް ނުނިދުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނެއެވެ. ބައެއް އަންހެނުން ބަލިވެ އިނުމުންވެސް މިކަން ދިމާވެއެވެ.

މިކަމަށް ސެލޫން ތަކުން ފަރުވާ ހޯދުމަށްވުރެ ގޭގައި އަމިއްލައަށް ކުރެވޭ ފަރުވާ އެއް ހޯދައިގެން ކެމިކަލް ފްރީ އެއްޗެހިން ހަންގަނޑު ސަލާމަތްކުރުން ބުއްދިވެރިއެވެ. އެހެން ކަމުން ލޯކައިރި ކަޅުވުމަށް ކުރެވިދާނެ ފަރުވާތައް ބަލަމާ ހިނގާށެވެ.

ކިއުކަންބާ

ކިއުކަންބާއަކީ މޫނު ރީތި ކުރުމަށް އެކި ގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ. އެގޮތުން ލޯކައިރި ކަޅުވުމުން އެކަމުގެ ފަރުވާއަށް ވެސް ކިއުކަންބާ އަކީ މުހިއްމު އަދި ބޭނުންތެރި އެއްޗެކެވެ.

1. ކިއުކަންބާ އެއް ތުނިކޮށް ފޮތިކޮށްލާފައި އައިސް އަލަމާރީގައި ފިނިކުރަން ބަހައްޓާށެވެ. ރަނގަޅަށް ފިނި ވުމުން ލޯމަތީގައި އަޅައިގެން 10-15 މިނިޓް ވަންދެން އޮށޯވެލައިގެން އޮންނާށެވެ. އެއަށް ފަހު ތާފަނާ ފެންފޮދަކުން ލޯ ކައިރި ރީތިކޮށް ދޮވެލާށެވެ. މިގޮތަށް ދުވާލަކު ދެއިރު ކަންތައް ކޮށްލުމުން ހަފްތާއެއްގެ ތެރޭގައި ރަނގަޅު ބަދަލު ފެންނާނެއެވެ.

2. ކުޑަ ކިއުކަންބާއެއް ގާނާލާށެވެ. އެއިން އޮލަކޮށް ޖޫސް ހަދައިގެން އައިސް އަލާމާރީގައި ފިނި ކުރުމަށްފަހު ކޮޓްން ބޯލް އަކުން ލޮލުގެ ވަށައިގެން ހާކާށެވެ. 15 ވަރަކަށް މިނިޓް ވާއިރު ހުންނާނީ ހިކިފައެވެ. ދެން ތާފަތާ ފެނުން މޫނު ދޮވެލާށެވެ.

3. ކިއުކަންބާއާއި ލުނބޯ ޖޫސް އެއްކޮށްފައި ކޮޓަންބޯލް އަކުން ލޯކައިރީގައި ވަށައިގެން އުގުޅާލާށެވެ. 15 މިނިޓް ވުމުން ފެންފޮދަކުން ދޮވެލާށެވެ. 10 ދުވަސް ވަންދެން ދުވާލަކު 1 ފަހަރު ހަދަން ވާނެއެވެ.

އަލުވި

އަލުތްވަކީ އޭގެ ޒާތުގައިވެސް ބްލީޗެކެވެ. ލޯކައިރި ކަޅުވުން ރަނގަޅު ކޮށްދިނުމުގެ އިތުރުން މޫނުގައި ހުންނަ ލައްތައް ފިލުވާލުމަށްވެސް އަލުވި ވަރެއް ނެތޭ ބުނެވިދާނެ އެވެ.

1. އަލުވި، އައިސް އަލަމާރިއަށް ލާފައި ފިނިކުރަން ގަޑިއެއްހައި އިރުވަންދެން ބާއްވާށެވެ. ދެން ތޮށި ނޮޅާފައި ގާނައިގެން އެއިން ޖޫސް ތައްޔާރު ކުރާށެވެ.

ނިދަން ތައްޔާރުވުމުން ކޮޓަން ބޯލް އަކުން މި ޖޫސް ލޮލުގެ ވަށައިގެން ހާކާލާށެވެ. ސާފުކުރާނީ އަނެއް ދުވަހު ހެނދުނު ތާފަނާ ފެނުންނެވެ.

ގްރީންޓީ ޓީބޭގް

ގްރީން ޓީއަކީ އެންޓި އޮކްސިޑެންޓުން މުއްސަނދި ވެފައިވާ އެއްޗަކަށްވާތީ އެއީ ލޯ ކައިރި ކަޅުވުމާއި ލޯ ރީދޫ ވުން ފަދަ ކަންކަމަށްވެސް ރަނގަޅު ފަރުވާއެކެވެ.

ފިނިފެން .(ރޯސް ވޯޓަރ)

1. ގަވާއިދުން މޫނުގައި ރޯސްވޯޓަރު ހާކާ ނަމަ ލޯކައިރީގައި ކަޅުވެފައި ހުންނަ ހުރުން ފިލުވާލުމަށް އެހީއަކަށް ވެގެންދެ އެވެ.

2. ފިނިފެންކޮޅެއް (ރޯސް ވޯޓާ) ކައްކާލުމަށްފަހު ކިއުކަންބާ ދިޔަ އެއާ އެއްކުރާށެވެ. މި އައިސްކިއުބް ތަށްޓަކަށް އަޅައިގެން ގަނޑުކޮށްފައި ލޮލުގެ ތިރީގައި ހާކާށެވެ.

ޓޮމާޓޯ

މެދު ސައިޒްގެ ޓޮމާޓޯއެއް ބްލެންޑަރަކުން މިކްސް ކޮށްލާށެވެ. ދެން ބައިސަމުސާ ލެމަން ޖޫސް އަދި ރީދޫ ކޮޅަކާއެކު 2ސައިސަމުސާ ގްރޭމް ފުށް ( ގޮދަން ފުށް ވައްތަރުގެ ފުށެއް) އެއްކޮށްލައިގެން ލޯކައިރީގައި ހާކާލާށެވެ. 15 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ. ހަފްތާއެއްގެ ތެރޭގައި އެއްކޮށް ފޮހެވިގެން ދާނެއެވެ.

ކާށި ތެޔޮ

ނިދަން ވުމުން ކާށި ތެޔޮކޮޅަކުން ލޯވަށައިގެން މަސާޖްކޮށްލާށެވެ. މަސާޖް ކުރާނީ ފުރަތަމަ ގަޑީގެ ކަށި އެނބުރޭ ގޮތަށެވެ. ދެން އޭގެ އަނެއް ކޮޅަށެވެ. އަނެއްދުވަހު ހެނދުނު މޫނު ދޮންނާނީ ތާފަނާ ފެނުންނެވެ.

މަތީގައި ބަޔާން ކުރި ހުރިހާ ކަންކަމަކީވެސް ވަކި މުއްދަތެއް ނެތި ނަތީޖާ ފެންނަންދެން ކުރުން މުހިންމު ކަންކަމެވެ. ޤަވައިދުން މިކަންކަން ކުރެވޭނަމަ ވަރަށް އަވަހަށް ނަތީޖާ ފެންނާނެއެވެ. މިއީ ގޭތެރެއިން ފަސޭހައިން ހޯދޭނެ ފަރުޥާތަކެވެ.