ކާސިންޖީ ފަތޭ ބުނުމުން މިއީ ކޮންވައްތަރެއްގެ ފަތެއްބާ އޭ ހިތަށް އަރާ ދޯއެވެ. މިއީ ޜާއްޖޭގައި ހައްދާ އުޅޭ ފަތްތަކުގެތެރެއިން ދިވެހިން ވަރަށް ގިނައިން ބޭނުންކުރާ ފަތެކެވެ. ތަފާތު އެކި ވައްތަރުގެ ކާނާ ތައްޔާޜުކުރުމާއި ބައެއް ބަލިތަކަށް ފަރުވާ އެއްގެ ގޮތުގައިވެސް މިފަތް ބޭނުންކޮށް އުޅެއެވެ. މިއީ ސިއްހީ ގޮތުން ވަރަށް މުއްސަނދި ފަތެކެވެ. ފަސޭހައިން ގޯތިތެރޭގައި ހައްދާ ލެވޭ މިގަހަކީ ވަރަށް އަވަހަށް ހެދިބޮޑުވާ ގަހެކެވެ. މިގަހުން ލިބޭ ފައިދާ ތައް ކިޔާލަމާ ހިނގާށެވެ.

ކާސިންޖީ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް

1 - ސަރުބީ ދަށްކޮށްދޭ : ކާސިންޖީ ފަތަކީ ސަރުބީ އަދި ކޮލެސްޓްރޯލް ދަށްކޮށްދޭ ފަތެކެވެ. ގަވާއިދުން ކާސިންޖީ ފަތް ބޭނުންކުރުމަކީ ހަށިގަނޑުގައިވާ ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ޖަމާވުން ހުއްޓުވައިދީ، ލޭހިނގުން ހަލުވިކޮށްދޭ ކަމެކެވެ. އެހެންކަމުން ކާސިންޖީ ފަތް ބޭނުންކުރާ މީހަކަށް ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.

2 - ކެންސަރުޖެހުމުން ދުރުކޮށްދޭ : ކާސިންޖީ ފަތަކީ ހަށިގަނޑަށް ޖެހޭ އެކިވައްތަރުގެ ކެންސަރަށް އޮތް ފަރުޥާ އެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކާސިންޖީ ފަތް ބޭނުންކުރުމުން ހަމުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. .

3 - ބަނޑުގެ އުދަނގޫތަކުން ސަލާމަތްކޮށްދޭ : ކާސިންޖީ ފަތުން ތައްޔާރުކުރެވޭ ތެލަކީ ބަނޑާއި ގޮހޮރަށް ލިބޭ ފަރުވާ އެކެވެ. އެގޮތުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ ގޮހޮރު މަސައްކަތްތައް ހަލުވިކޮށްދީ ބަނޑުގައި ފާރު ހެދުމުން ދުރުކޮށްދެއެވެ. މީގެއިތުރުން ބަނޑުހިކުން، ގޮހޮރުގައި ފާރުހެދުން، ގޮހޮރު ދުޅަވުން، އަދި ބަނޑުގައި ރިހުން ފަދަ ކަންކަމުން މި ތެޔޮ ބޭނުން ކުރުމުން ދުރުހެލިކޮށްދެއެވެ.

4 - ނިދަން ފަސޭހަވުން : ކާސިންޖީ ފަތުގެ ސައި ބެނުންކުރުމުން ހަށިގަނޑުގެ މަސްތަކާއި ނާރުތައް ހަމައަކަށް އަޅުވައިދީ ފަސޭހައިން ނިދުމަށް އެހީތެރިވެދެއެވެ.

5 - ރޯގާތަކުން ދުރުކޮށްދޭ : އާންމުގޮތެއްގައި ކެއްސުމާއި ރޯގާއަށް ފަރުވާ ކުރުމަށް ދިވެހިންވެސް ކާސިންޖީ ފަތް ބޭނުންކުރެއެވެ. ކާސިންޖީ ފަތުގައި ހިމެނޭ ވިޓަމިން ސީގެ ސަބަބުން އަރިދަފުސް ރޯގާ ލުއިކޮށްދީ އަވަހަށް ރަނގަޅުކޮށްދެއެވެ. ތުއްތު ކުދިންނަށް ރޯގާޖެހުމުން ކާސިންޖީފަތް ފެނުގައި ކެއްކުމަށްފަހު އެފެނުން ފެންވަރުވާ އުޅެއެވެ. އަދި ބޮޑެތި މީހުން ރޯގާ ޖެހުމުން ކާސިންޖީ ފަތުގައި ސައި ބޭނުން ކުރެއެވެ.

މީގެއިތުރުންވެސް ކާސިންޖީ ފަތަކީ ހަށިގަނޑުން ޖަރާސީމުތައް ދުރުކޮށްދީ ހަމުގެ އިންފެކްޝަންތަކާ ކުޑަކަމުދާ ނިޒާމުގައި އުފެެދޭ ޖަރާސީމު ނައްތާލުމަށް އެހީތެރިވެދޭ ފަތެކެވެ. އަދި ބޮލުގެރިހުން ރަނގަޅުކޮށްދީ ހަށިގަނޑުގެ ނާރުތައް ހަމައަކަށް އަޅުވައިދޭ ފަތެކެވެ.

ކާސިންޖީ ފަތަކީ ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވެސް އެހީތެރިވެދޭ ފަތެކެވެ. ހަމުގެ ބަލިތަކަށް ފަރުވާކުރުމަށް ތައްޔާރުކޮށްފައި ހުންނަ ތަފާތު ޕްރޮޑަކްޓައް އުފެއއްދުމުގައި ޒަމާނުއްސުރެ ކާސިންޖީފަތް ބޭނުންކުރެއެވެ.

މިހާރު ކާސިންޖީ ފަތާއި ބެހޭ ވަރަށް ގިނަ މައުލޫމާތު އެނގިއްޖެ ދޯއެވެ. އެކަމަކު އަދިވެސް ކާސިންޖީ ފަތެއް ނޭނގޭ ދޯއެވެ. އެހާ ބޮޑަށް ނުވިސްނާށެވެ. ކާސިންޖީ ފަތަކީ ދިވެހިންގެ މެދުގައި މަޤުބޫލު "ލެމަން ގްރާސް "ފަތެވެ. ދެންވެސް ގޭގައި ހުރި ހުސްތަންކޮޅުގައި ކާސިންޖީ ގަހެއް އިންދޭތޯ ބަލާށެވެ.