އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާންގެ ހައިކޮމިޝަން މަތިން ޑްރޯން އުދުއްސާފައިވާ މައްސަލަ އިންޑިއާއިން ޕާކިސްތާންގެ ސަމާލުކަމަށް ގެނެސްފިއެވެ. މި މައްސަލާގެ މަޢްލޫމާތު ހުރި ފަރާތަކުން ބުނެފައިވާ ގޮތުގައި މި ކަމެއް ހިނގައި ފައިވަނީ މިދިޔަ ހަފްތާގައެވެ. އަދި އިންޑިއާ ސަރުކާރުން ވަނީ ލިޔުމަކުން މިކަން ޕާކިސްތާންގެ ސަމާލުކަމަށް ފައެވެ.

އިންޑިއާއިން ބުނެފައި ވަނީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންގެ ދަށުން ހައިކޮމިޝަނަށް ޕާކިސްތާނުން ޙިމާޔަތް ދޭން ޖެހެނެ ކަމަށެވެ.

ޕާކިސްތާންގެ ވެރިރަށުގައި އިންޑިއާ ހައިކޮމިޝަން މަތިން ޑްރޯން އުދުއްސާފައިވާ އިރު އިންޑިއާގެ ކަޝްމީރުގެ ހައި ސެކިއުރިޓީ ސަރަހައްދަކަށް މެންދަން ގަޑީގައި ޕާކިސްތާނުގެ ސަރަހައްދުން އައި ޑްރޯނެއްކަމަށް ބެލެވޭ ދެ ޑްރޯނަކުން ވަނީ ގިނަ އަދަދެއްގެ ގޮވާތަކެތި ވައްޓާލާފައެވެ.

މި ހާދިސާއަށް ފަހު އިންޑިއާއިން ދަނީ ޑްރޯންއާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންނެވެ.