މުރަނގަ ގަހަކީ އަހަރެމެންގެ ރާއްޖޭގެ ރަށްރަށުގައި ވަރަށް ފަސޭހައިން ހެދޭ ބާވަތެކެވެ. މުރަނގަ ދަނޑިއެއް ބިމަށް ހާރާލާފައި ބެހެއްޓުމުން އެ ހެދޭނެއެވެ. ބޭސް ދޭކަށް ކާނާ އަޅާކަށް ނުޖެހޭނެއެވެ. މިހާ ފަސޭހައިން ހެދޭ އަދި ރާއްޖޭގެ ގިނަ ރަށްރަށުން ލިބެން ހުންނަ މުރަނގަ ގަހުގެ ފަތުގެ ފައިދާ އެނގޭ ހެއްޔެ؟ މިއީ 300 އަށްވުރެ ގިނަ ބަލިން ރައްކާތެރި ކޮށްދޭ ފަތެކެވެ.

މުރަނގަފަތުން ލިބޭ ބައެއް ފައިދާ ތަކުގެ ތެރޭގައި ބަރުދަން ލުއިކޮށްދިނުން، ބޮލުގެ އިސްތަށިގަނޑު ދުޅަހެކޮށްދިނުން، ހަކަތަ އިތުރުކޮށްދިނުން، ޓިއުމަރާ ދެކޮޅަށް މަސައްކަތް ކުރުން، ރާއްޖެބަލިން (އާތްރައިޑްސް) ސަލާމަތްކޮށްދިނުން، ކަށިފީވުމުން (އޮސްޓްޕޮރޯސިސް) ދުރުކޮށްދިނުން، ހާސްވުމާއި ކަންބޮޑުވުމުން (ޑިޕްރެޝަން) ދުރުކޮށްދިނުން، ހަށިގަނޑުގެ ލޭ ރަނގަޅު ކޮށްދިނުން، ކާތެކެތި ހަޖަމުކުރުމަށް ފަސޭހަވުން އަދި "އިންޕޮޓެންސީ" "ލަބިޑޯ ސަޕޯޓާ" އަށްވެސް ފަރުވާ އެކެވެ. މީގެ އިތުރަށް މުރަނގަފަތަކީ އެންޓިއޮކްސިޑެންޓްވެސް ގިނަ އަދަދަކަށް ހިމެނޭ ފަތެކެވެ.

ކެރެޓުން ލިބޭ ވިޓަމިން އޭ އަށް ވުރެ މުރަނގަފަތުން ލިބޭ ވިޓަމިން އޭ 2 ގުނަ އިތުރެވެ. ކިރުތަށިން ލިބޭ ކެލްސިއަމް އަށްވުރެ މުރަނގަފަތުން ލިބޭ ކެލްސިއަމް 14 ގުނަ އިތުރެވެ. އޯޓްސް އިން ލިބޭ ފައިބާ އަށްވުރެ މުރަނގަފަތުން ލިބޭ ފައިބާ 4 ގުނަ އިތުރެވެ. ސްޕްނިޗުން ލިބޭ ދަގަނޑުގެ ބަޔަށްވުރެ މުރަނގަފަތުން ލިބޭ ދަގަނޑުގެ ބައި 9 ގުނަ އިތުރެވެ.

ނަމަވެސް މިހާ ގިނަ ފައިދާތަކެއް ލިބޭ މުރަނގަފަތް ލިބެން ހުންނަ އިރު އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ކެއުމުގައި މިފަތް ނުހިމަނައެވެ. އަދި މި ފަތް ކެއުމުގައި ހިމަނާ ގިނަ ފަރާތް ތަކުން މި ފަތް ކަނީ ޞިއްޙަތަށް ގެއްލުންވާ ގޮތަށެވެ. އެއީ ބޮޑު ތެޔޮ ގަނޑަށް އަޅާ ތެއްލައިގެނެވެ. ފަތް ތެލުލުމުގެ ސަބަބަން މި ފަތުގައިވާ ފައިދާ ތައް ނުލިބޭ އިރު ތެލުގެ ސަބަބުން ހަށިގަނޑަށް އިތުރު ގެއްލުން ތައް ލިބެއެވެ. އެހެން ނަމަވެސް ބިސްގަނޑު އަޅައިގެންނާއި، ރިހަކައްކައިގެނާއި، މޮޑެގެން އަދި ފަތް ރޮލާ ބަތާއެކު ކެއުމުގައި ބޭނުން ކުރާ ދިވެހިންވެސް އުޅެއެވެ.

ވީމާ މުރަނގަފަތް ކާންވީ އޭގެ އަސްލު ނުގެއްލޭ ގޮތަށެވެ. ކުރިން ދެންނެވި ފައިދާތައް ހަށިގަނޑަށް ލިއްބައިދެވޭނީ އޭރުންނެވެ.