ދ. އަތޮޅު ތިލަބޮޅު ފުށްޓަށް ދަތުރުދިޔަ އެއަތޮޅު ބަނޑިދޫ ބައެއްގެ ތެރޭގައި ހިމެނުނު 20 އަހަރުގެ ޒުވާނަކަށް ސިއްހީ ކުއްލި މައްސަލައެއް ދިމާވެގެން އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ސިއްހީ މައްސަލަ ދިމާވީ އުމުރުން 20 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެ ޒުވާނާއަށް ދިމާވި މައްސަލައަކީ ފިޓުޖެހުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ ކުރިން ވެސް ފިޓުޖެހޭ ޒުވާނެއްތޯ ނޫންތޯ ކަށަވަރު ވެފައެއް ނުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކޯސްޓުގާޑު ލޯންޗެއްގައި ޒުވާނާ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިއުމަށް މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ. އެޒުވާނާއާ ބެހޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.