ރާއްޖެއިން އިތުރު 150 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 11 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން 95 މީހުންނާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 17 މީހުން ނެވެ. އަދި އިންޑަސްޓްރިއަލް ރަށްރަށުން 20 މީހަކާއި ތަރައްގީ ކުރަމުންދާ ރަށްރަށުން 17 މީހެކެވެ.

މިއަދު ޕޮޒިޓިވްވި 150 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޢަދަދަކީ 74،224 އެވެ.

މީގެ ތެރެއިން 70،723 މީހުން މިހާތަނަށް ރަނގަޅުވެފަ އެވެ.

ރާއްޖެއިން ކޮވިޑު ބަލީގައި 213 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.