ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 73 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި އެވެ.

އެ އަދާރާ އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެއިން 14 މީހުންނާއި އަތޮޅުތަކުން 46 މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން 9 މީހުންނާއި ލައިވް ބޯޑުތަކުން 3 މީހުންނާއި ތަރައްގީވަމުން އަންނަ ރަށަކުން މީހަކު ވެސް މިއަދު ޕޮޒިޓިވް ވެފައިވާ ކަަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން ނަގާފައިވަނީ 6715 ސާމްޕަލެވެ. އެކްޓިވް ކޭސްގެ ޢަދަދަކީ 2501 އެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޢަދަދު 75،405 ގައި ހުރި އިރު، 72،678 މީހުން ވަނީ މިބައްޔަށް ބޭސްކޮށް ރާއްޖެއިން ރަނގަޅުވެފަ އެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ 214 މީހުން ނެވެ.