އައްޑުސިޓީން އިތުރު 3 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން ޢާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑި އިރު، އެ ސިޓީން ޕޮޒިޓިވް ވެފައިވަނީ 3 ދިވެހީން ނެވެ.

މިއާއެކު 544 މީހުންނަށް އެ ސިޓީން ކޮވިޑު ޖެހިފައިވާ އިރު، 467 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އެކަކަށް ފަރުވާދެމުން އަންނަ އިރު، ކޮވިޑުގައި އައްޑުސިޓީން މަރުވެފައިވަނީ 2 މީހުން ނެވެ.

އައްޑުސިޓީގެ އަވަށްތަކުގެ ތެރެއިން ހިތަދޫގައި 43 މީހުން، މަރަދޫގައި 29 އަދި މަރަދޫފޭދޫގައި 3 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި އެބަ ތިއްބެވެ.

ފާއިތުވި 24 ގަޑި އިރު، 107 ސާމްޕަލް ނަގާފައިވާ އިރު، އެ ސިޓީން މިހާތަނަށް 12906 ސާމްޕަލް ވަނީ ނަގާފަ އެވެ.