އިއްޔަ މާލޭގައި ވެހިކަލް ދުއްވުން މަނާވަގުތުގައި ވެހިކަލް ދުއްވައިގެން 105 މީހަކަށް ނަސޭހަތް ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން އިއްޔަ ހުޅުމާލެއިން ލައިސަން ނެތި ދުއްވުމުން ހަތަރު އުޅަނދެއް ވެއްދުނުކަމަށާއި، ވައްދާފައިވަނީ 2 ފުރޮޅުލީ ހަތަރު އުޅަނދުކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި 7 މީހަކަށް ނަސޭހަތް ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން މާލެއިން ލައިސަން ނެތި ދުއްވުމުން ދެ އުޅަނދެއް ވެއްދުނުކަމަށާއި، ވައްދާފައިވަނީ 2 ފުރޮޅުލީ ދެ އުޅަނދުކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މާލެއިން 98 މީހަކަށް ނަސޭހަތް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އީދުގެ މުނާސަބަތުގައި އިއްޔަ މާލޭގައި ހަވީރު 04:00 އިން ރޭގަނޑު 08:00 އާ ހަމައަށް އޮތޯ ހިނގާފައި އުޅޭގޮތަށް ހަމަޖައްސާފައެވެ.