ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި އަދަދު މިއަދުވެސް 100 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުން 36 މީހުންނާއި އަތޮޅުތަކުން 72 މީހުންނާއި ރިސޯޓުތަކުން 36 މީހުން ނެވެ.

ރާއްޖެއިން މިއަދު ޕޮޒިޓިވް ވި 144 މީހުންނާއެކު 76،332 މީހުންނަށް ރާއްޖެއިން މިވަނީ ކޮވިޑު ޖެހިފަ އެވެ. އަދި 73،531 މީހުން ވަނީ މި ބައްޔަށް ފަރުވާކޮށް ފަސޭހަ ވެފަ އެވެ.

12 މީހުން އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، ރާއްޖޭގައި އެކްޓިވް ކޭސްގެ ޢަދަދަކީ 2،571 އެވެ.

ފާއިތުވި 24 ގަޑި އިރު، ނަގާފައިވަނީ 6،138 ސާމްޕަލެވެ.

ރާއްޖެއިން ކޮވިޑު ބަލީގައި މިހައތަނަށް މަރުވެފައިވަނީ 218 މީހުން ނެވެ.