ތާލިބާންގެ ޓެރަރިސްޓް ހަމަލަތަކުގެ ސަބަބުން ފާއިތުވެގެން މިދިޔަ ހަތަރު މަސް ދުވަހުގެރޭގައި އަފްޣާނިސްތާންގެ އެތައް ޑިސްޓްރިކްޓަކުން 36 ހާސް އާއިލާ ބިކަވެ މަގުމަތި ވެފައިވާ ކަމުގައި އިންސާނީ އެހީ ދެފަރާތްތަކުން ބުނެއެވެ. ތާލިބާނުން ހިފަމުންދާ ސަރަހައްދު ތަކުގައި އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް އެފަރާތްތަކުން ދެއެވެ. ތާލިބާނުން ވަނީ އެމީހުން ހިފާ ތަންތަނުގެ އުމުރާނީ ތަރައްގީގެ ވަސީލަތަތަކުގައި ހުޅުޖަހައި އެތަންތަން އަންދަމުންނެވެ.

އަފްޣާނިސްތާންގެ ރައީސް އަޝްރަފް އަބްދުލްޣަނީ ވިދާޅުވާ ގޮތުގައި ތާލިބާންގެ ޓެރަރިސްޓް ޖަމާއަތާއި އަލްގައިދާއާއި އެނޫނަސް ސަބްކޮންޓިނެޓްގައި ހަރަކާތްތެރިވާ ލަޝްކަރޭ ތޮއްޔިބާއާއި ޖެއިޝޭ މުޙައްމަދުފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ދެމެދު ގާތް ގުޅުމެއް އޮވެއެވެ.

އީދުގެ މުނާސާބާއާ ގުޅިގެން ރައްޔިތުންނާ މުޚާތަބު ކުރައްވަމުން އޭނާ ވިދާޅުވީ ޓެރަރިސްޓުންގެ ހަމަލައިން ޝަހީދުވެގެން ދިޔަ ސިފައިންނާއި އާނމު ރައްޔިތުންނަށް ސަރުކާރުން އެހީވާނެއެވެ.

އަފްޣާނިސްތާންގައި ކާބުލްގައި މީހުން އީދު ނަމާދު ކުރަމުން ދިޔައިރު ބޯމަތިން އުދުހެމުން ދިޔައީ ތާލިބާނުން ފޮނުވމުން ދިޔަ ރޮކެޓްތަކެވެ. ތާލިބާނުން ވަނީ ކާބުލްގައި، ރިއާސީ ގަނޑުވަރާ ކައިރިއަށްވެސް އެވަގުތުގައި ރޮކެޓް ހަމަލަ ދީފައެވެ.