ބަންގްލަދޭޝްގެ ދެކުނު ސަރަހައްދުގައި އޮކްސިޖަންގެ ތަދުމަޑުކަމެއް އައިސްދާނެ ކަމަށް ބަންގްލަދޭޝްއިން ކުރިން ލަފާ ކުރިއެވެ. އީދުގެ ދުވަސްތަކާ ދިމާކޮށް މިހިސާބުގައި ދިމާވި އޮކްސިޖަންގެ ދަތު ފިލުވައި ދިނީ އިންޑިއާއިން ކަމަށް ޑާކާ ޓްރިބިއުން އިން ބުނެއެވެ.

އިންޑިއާއިން ވަނީ 11 ޓޭންކަރުގައި 180 ޓަނުގެ ލިކުއިޑް އޮކްސިޖަން އެއްގަމު މަގުން ބަންގްލަދޭޝްގެ ދެކުނު ސަރަހައްދަށް ފޮނުވައި ދީފައެވެ. ޑާކާ ޓްރިބިއުން އިން ބުނާ ގޮތުގައި މިއޮކްސިޖަން ލިއްބައިދިނުމުގައި ޑާކާގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިސްދައުރެއް އަދާކޮށްދީފައި ވެއެވެ.