ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 4 އަރައިފި އެވެ.

ޕޮޒިޓިވް ވެފައިވަނީ އިއްޔެ ޕޮޒިޓިވްވީ ކުއްޖާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު މީހަކާއި، ކުއްޖެކެވެ. އަދި އިއްޔެ ފްލޫ އޯޕީޑީއަށް ދެއްކި 16 އަހަރުގެ ކުއްޖެއްވެސް ވަނީ ޕޮޒިޓިވްވެފައެވެ.

އެ ސިޓީއިން އިއްޔެ ޕޮޒިޓިވް ވެފައިވަނީ ހުން ހުރެގެން މިމަހުގެ 23 ވަނަ ދުވަހު ފްލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. މި ކޭސްއާ ގުޅިގެއް އެ ސިޓީ އިއްޔެ މޮނިޓަރިންއަށް ލާފައިވާއިރު، 5 ގެއެއްވަނީ މޮނިޓަރިންއަށް ލާފައެވެ.

އެ ސިޓީއާއި، މާލެއާ ދެމެދު ދަތުރުކުރާ ސީ ކްއީން ބޯޓްގެ ފަޅުވެރިއަކު މިދިއަ ޖޫން މަހުގެ 9 ވަނަ ދުވަހު ކޯވިޑްއަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ލުމަށްފަހު އެހާލަތުން ނަގާފައިވަނީ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.