ރާއްޖެއިން އިތުރު 39 މީހުން ކޯވިޑް-19 ޕޮޒިޓިވްވެއްޖެއެވެ.

މާލެ ސަރަހައްދުން ޕޮޒިޓިވްވީ 38 މީހުންނެވެ. އަދި އަތޮޅުތަކާއި ރިޒޯޓްތައް ހިމެނޭގޮތަށް އެކަކުވަނީ ބައްޔައް ޕޮޒިޓިވްވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ޕޮސިޓިވި 39 މީހުން ގެތެރޭގައި ހިމެނެނީ 33 ދިވެހިންނާއި، 6 ބިދޭސީންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 11271އަށް އަރައެވެ.

އަލަށް ބަލިން ރަނގަޅުވެފައިވަނީ 33 މީހުންނެވެ. މިއާއިއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 10201އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 37 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 30 ދިވެހިންނާއި، 7 ބިދޭސީންނެވެ. ކޯވިޑަށް ޓެސްޓުހެދުމަށް ވޭތުވެދިޔަ 24 ގަޑިއިރު 1367 ސާމްޕަލް ވަނީ ނަގާފައެވެ.

އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ށ.ފުނަދޫ ކޯވިޑް ފެސިލިޓީގައި ދަނީ އެކަކު އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. ލޯކަލް ޓްރާންސްމިޝަނެއް ކަނޑައަޅައި، މިވަގުތު މޮނިޓަރިންގެ ޙާލަތުގައި އޮތީ ހދ.ކުޅުދުއްފުށި އެކަންޏެވެ.