ކޮވިޑު ޖެހިގެން 108 މީހުން ރާއްޖެއިން ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެއިން 17 މީހުންނާއި އަތޮޅުތަކުން 60 މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން 28 މީހުންނާއި ލައިވްބޯޑުތަކުން މީހަކާއި އިންޑަސްޓްރިއަލް ރަށްތަކުން 2 މީހުން ވެސް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ފާއިތުވި 24 ގަޑި އިރު 5،272 ސާމްޕަލް ނަގާފައިވާ އިރު، 14 މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވޭދެމުން ނެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 2،541 ކޭސް ހުރި އިރު، ރާއްޖެއިން ކޮވިޑު ޖެހިގެން 220 މީހުން ވަނީ މިހާތަނަށް މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޢަދަދު 77،202 އަށް އަރާފައިވާ އިރު، 74،429 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.