މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ގެ މެންބަރު ކަން ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން މަޖިލީހަށް އޭނާ ހާޒިރުވުން މަނާ ކުރުމުގެ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.

މިއަދު ސުޕްރީމް ކޯޓްގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި މައްސަލަ ކޯޓަށް ވެއްދި ދެ ފަރާތް ކަމަށްވާ މުހައްމަދު ހަލީމާއި އާދަމް ޝަރީފް އެ އަމުރަށް އެދި ވަޑައިގަތް ނަމަވެސް މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗުން އެންގީ އެފަދަ އުމަރެއް ނެރެދެވެން ނެތް ކަމަށާ ވަގުތީ އަމުރު ނުނެރުނު ކަމުގައި ވިޔަސް މައްސަލަ ހުށަހެޅި ފަރާތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

މެންބަރު ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ޔައުގޫބު ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. ނަމަވެސް ޔައުގޫބް ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފަ އެވެ.