މިއަދު ނެގި 5،301 ސާމްޕަލުން 110 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުން 25 މީހުންނާއި އަތޮޅުތަކުން 72 މީހުން އަދި ރިސޯޓުތަކުން 13 މީހުން ނެވެ.

ރާއްޖޭގައި މިހާރު އެކްޓިވް ކޭސްގެ ޢަދަދަކީ 2،562 އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 19 މީހުންނަށެވެ.

މިއާއެކު 78،578 މީހުންނަށް ރާއްޖެއިން ކޮވިޑު ޖެހިފައިވާ އިރު، 75،778 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.

222 މީހުން ވަނީ ރާއްޖެއިން ކޮވިޑުގައި މަރުވެފަ އެވެ.