ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުނީ 2 އޯގަސްޓް 2021 ވަނަ ދުވަހު ކަމަށެވެ.

އެމްޓީސީސީ އިން ބުނީ ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 5000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން 235 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 235 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓެކްސްޓައިލްސް ޖެހުން ވެސް ހިމެނޭ ކަމަށެވެ.

މި މަޝްރޫޢަކީ 5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.