މީގެ ދުވަސްކޮޅެއް ކުރިން ފިލްމު ކުޅުމާ ދުރަށްދިޔަ ސަނާ ޚާން ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ ދުވަސްތައް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރަމުން އެބަ ގެންދެއެވެ. މި ހަފުތާގައި ފިރިމީހާ އަނަސް ސައްޔިދު އާކު ރާއްޖެ އައި ޗުއްޓީ ހޭދަކުރަމުންގެންދަނީ ބ. ފިނޮޅުގައެވެ. މިއަދު އިސްޓަރގްރާމު މެދުވެރިކޮށް ސަނާ ޚާން ހިއްސާކުރި ފޮޓޯގައި ލިޔެފައިވެއެވެ. " މިރަށް އެހެން ބަޔަކަށް ތަސައްވަރުކޮށްދޭނެ ބަސްތަކެއް ލިބޭނެނަމޭ ހިތަށް އަރައެވެ." މީގެ އިތުރަށްވެސް ދިވެހިރާއްޖޭގެ ފޮޓޯ ތަކާއި ވިޑިއޯތަށް ހިއްސާކުރަމުން މި ގައުމުގެ ރީތިކަމާއި ލިބޭ ހިތްހަމަޖެހުން ފާޅުކޮށްފައި ވެއެވެ

ސަނާ ޚާން އަކީ ރިއަލިޓީ ޝޯ ބިގް ބޮސް 6 ގައިވެސް ބައިވެރިވި ފަންނާނެކެވެ. އަދި ހިންދީ، ތަމަޅަ، ތެލަނގޫ ފިލްމުތައް ކުޅެފައިވެއެވެ.

ސަނާ ޚާން ފިލްމު އިންޑަސްޓްރީ ދޫކޮށްލީ އިސްލާމް ދީނަށްޓަކައި ކަމުގައި އޭނާ ބުނެފައި ވެއެވެ. ފިލްމުކުޅުން ހުއްޓާލުމަށްފަހު ހިޖާބުއެޅިއެވެ. އަދި ކުރީގައި ނިވައިކަން ކުޑަ ހެދުންލައިގެން ނަގާފައިވާ ފޮޓޯތައް އިންސްޓަރގްރާމުން ޑިލީޓް ކުރިއެވެ. މިކަމާ އޭނާއަށް ވަރަށް ގިނަ ފާޑުކިޔުންތަކާވެސް ކުރިމަތި ވިއެވެ.

ސަނާ ޚާން އަނަސް ސައްޔިދު އާއި ކައިވެނިކުރީ މިދިޔަ އަހަރުގެ ނޮވެންބަރުމަހު އެވެ. މި ދެމަފިރިން ދިވެހިރާއްޖޭގެ އެއާޕޯޓުގައި ނަމާދުކުރާ މަންޒަރު ފެންނަ ފޮޓޯއެއްވެސް ނޫސްތަކުގައި ދައުރުވަމުން ދެއެވެ.