މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް، މިސްކިތްތައް ނެޓްވޯކަކުން ގުޅައިލަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ރޭ ބޭއްވި އަވަށު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މުޅި މާލެ ސީސީޓީވީން ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން ސީސީޓީވީ ނެޓްވޯކުން މިސްކިތްތައް ގުޅާލުމަށް ނިންމާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލަރުންގެ ބައްދަލުވުމުގައި އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަން ފާހަގަކޮށް ޑރ. މުއިއްޒު ވިދާޅުވީ އެ ނިޒާމު މައިގަނޑު ގޮތެއްގައި ބަލަހައްޓާނީ ކައުންސިލުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށް، އެ ނިޒާމު މައިގަނޑު ގޮތެއްގައި ބަލަހައްޓާނީ ކައުންސިލުންނެވެ.