އެންމެންވެސް ބަލަންވީ ދުވާލަކު 1.5 ލިޓަރުގެ ފެން ބޮވޭތޯއެވެ. އެއީ ޑޮކްޓަރުން އެގޮތަށް އިރުޝާދު ދެއްވާތީއެވެ. މިގޮތަށް ކޮފީ އާއި ޖޫސްފަދަ ތަކެތި ބޮއިގެން މި 1.5 ލިޓަރ ހަމަކުރެވެއެވެ. ނަމަވެސް ފަތިހު ތެދުވެ އެހެން އެއްވެސް އެއްޗެއް ބުއިމުގެ ކުރިން ހޫނު ފެންތައްޓެއް ބުއިމުން ލިބޭ ފައިދާ އެނގޭހެއްޔެވެ؟ މިއީ ހަށިގަނޑަށް ހީވެސް ނުކުރާފަދަ ފައިދާތަކެއް ލިބޭ ކަމެކެވެ.

ހަޖަމުކުރުން ރަނގަޅުކޮށްދޭ

ދުވަސްފަށަނީ ތާފަނާ ފެންތަށްޓަކުންނަމަ ކާތަކެތި ހަޖަމުވުން އަވަސްކޮށްދެއެވެ. ހަށިގަނޑަށް އެނަޖީ ލިބުން އަވަސް ވެއެވެ. އަދި ހަށިގަނޑުގައި އުފެދޭ ކެލެރީސް އެންދުން އަވަސް ވެއެވެ.

ޕީރިއަޑުގެ ރިހުން ލުއިކޮށްދޭ

ހެނދުނު އެންމެ ފުރަތަމަ ބޯލާ އެއްޗަކީ ތާފަނާ ފެންތަށްޓެއް ނަމަ ލޭގެ ހިނގުން ރަނގަޅުވެއެވެ. މިކަމުގެ ސަބަބުން މަސްތަކަށް އަރާމު ލިބެއެވެ. އޭގެ ސަބަބުން ބަނޑުގެ މަސްތަކުގެ ހަރުކަން ނުވަތަ ވާންކަން ކެނޑެއެވެ. މި ވާންކަން ކެނޑުމުން ޕީރިއަޑު ވުމުން ބަނޑުގައި މި ރިއްސާ ރިއްސުމަށް ލުއިކަމެއް ލިބެއެވެ.

ގުދުރަތީ "ޑިޓޮކްސް"

ކޮންމެ ދުވަހަކު ހެނދުނު ތެދުވެ ތާފަނާ ފެންތަށްޓެއް ބުއިމުން ހަށިގަނޑުގައި ހުންނަ ވިހައިގެ ބައިތައް ބޭރުކޮށްދިނުން އަވަސް ކޮށްދެއެވެ. އަދި ލުނބޯހުތް ފޮދެއް ފެންތަށްޓަކަށް ފެލައިގެން ބޮއިފިނަމަ ލިބޭ ފައިދާ އިތުރު ވެއެވެ.

ހަންގަޑަށް ފައިދާ ލިބޭ ކަމެއް

ހެނދުނު ތާފަނާ ފެންތަށްޓެއް ބޯލުމުން ހަންގަނޑުގެ ރޫފިލުވައިދެއެވެ. އަދި ހަލާކުވެފައިވާ ހަންތައް ފަސޭހަވެ ހަންގަނޑަށް ތާޒާކަން ގެނެސްދެއެވެ.

ބެކްޓީރިއާ ނައްތާލަދޭ

ހަށިގަނޑަށް ހަމާލާ ދޭ ބެކްޓީރިއާ ނައްތާލުމަށް ވެސް ހެނދުނު ބޯ ތާފަނާ ފެންތަށި އެހީވެދެއެވެ. އަދި ކަރުތެރެ ސާފުކޮށްދީ ރޯގާ ޖެހުމާއި ފަސޭހައިން ހުން އައުމުންވެސް ދުރުކޮށްދެއެވެ.

މައުލޫމާތު: ޓިޕްސް އެންޑް ޓްރިކްސް ޑޮޓް ކޮމް އިން