އިންޑިއާއާއި ރަޝިޔާއިން އެއްބަސްވެފައި ވަނީ، ތާލިބާނުން އެކުލަވާލާ ސަރުކާރެއް ގަބޫލު ކުރުމުގެ ކުރިން ތާލިބާނުން ކަންކުރާ ގޮތް ދެގައުމުން މުރާޖައާ ކުރާށެވެ. އަދި އަފްޣާނިސްތާންގެ ހާލަތާ ބެހޭ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓްރީއާއި ގައުމީ ސަލާމަތާ ބެހޭ އިދާރާގެ މަސްއޫލުވެރިންގެ ޓީމަކުން ދިރާސާ ކުރަމުން ދިއުމަށްވެސް އެއްބަސްވިއެވެ.

އިންޑިއާއާއި ރަޝިޔާއިން މި ގޮތަށް އެއްބަސްވީ ރަޝިޔާގެ ރައީސް ޕޫޓިންއާއި އިންޑިއާގެ ބޮޑު ވަޒީރު މޮދީ ފޯނުން އިއްޔެ ބޭއްވެވި މަޝްވަރާތަކުގައެވެ.

ރަޝިޔާއިންވެސް ދަނީ ސެންޓްރަލް އޭޝިއާއަށް ތާލިބާނުން ވެރިކަމަށް އައުމުން ކުރާނެ އަސަރުތައް މޮނީޓަރ ކުރަމުންނެވެ.

ތާލިބާންގެ އަމަލުތަކާ ބެހޭ ގޮތުން ފާހަގަ ކުރެވޭ ކަންކަން ޖީ7ގެ ސަމިޓްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެއެވެ.

ތާލިބާނާމެދު ބިރު ހީވާ ފަރާތްތަކުން ދެކެނީ ސުންނީ ޕުޝްތޫ ޖަމާއަތުން ކުރިންވެސް ކަންކުރިގޮތަށް ޓެރަރިޒަމަށް ވާގިވެރިވެ ނިރުބަވެރި ޖަމާއަތްތަކަށް އެހީތެރި ވެދާނެ ކަމަށެވެ.