ޗައިނާއިން ދިމާވާ އަސްކަރީ ގޮންޖެހުންތަކާ ހެދި ޖަޕާނުން ފުރަތަމަ ފަހަރަށް ރެކޯޑް އަދަދެއްގެ ޑިފެންސް ބަޖެޓަކަށް އެދެފިއެވެ. ޖަޕާންގެ ޑިފެންސް މިނިސްޓްރީން ވަނީ 50 ބިލިއަން އެމެރިކާ ޑޮލަރު ދިފާއީ ކަންކަމަށް ހޭދަ ކުރުމަށް ނިންމާފައެވެ.

ޖަޕާނުން ދެކޭ ގޮތުގައި އެގައުމު ދެމިއޮތުމަށް އޮތް ގޮންޖެހުންތަކަކީ ޗައިނާއިން އަންނާން ހުރި ގޮންޖެހުންތަކެވެ. 56 ސަފްޙާގެ ބަޖެޓް ރިޕޯޓްގައި ދިމާވާން ހުރި ނުރައްކާތަކާއި ދިފާއު ވުމަށް ބޭނުންވާ ކުޅަދާނަކަން އިތުރު ކުރުމަށް ޖަޕާޏުން ކުރާނެ ކަންކަން ތަފްސީލު ކޮށްފައި ވެއެވެ.

މި ރިޕޯޓްގައި އެންމެ ޚާއްސަ ކަމަކަށް ފާހަގަ ވެގެން ދަނީ، ޓައިވާންގެ ސަލާމަތާއި ދެމިއޮތުންވެސް ސީދާ ޖަޕާނުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުވާފައި އޮތުމެވެ.

މިވާހަކަތަކުން ސަރަހައްދީ ފެންވަރުގެ ނުތަނަވަސްކަން އިޙުސާސްވެގެން ދެއެވެ. އަދި ސަރަހައްދީ އަސްކަރީ ވާދަވެރިކަމެއް އުފެދިގެން ދިއުމަށްވެސް މަގުފަހި ވެގެން ދެއެވެ.

ލަފާ ކުރެވޭ ގޮތުގައި މި ބަޖެޓަށް އަދި އުނިއިތުރުތައް އަންނާނެއެވެ.

މިހާ ބޮޑު އަދަދެއް ޖަޕާނުގެ ދިފާއީ ބަޖެޓަށް އިތުރު ވެއްޖެނަމަ، އެއީ ޖައްސަޖައްސައިގެން ދިހަވަނަ އަހަރު ދިފާއީ ބަޖެޓް ބޮޑުވާ ފަހަރަވެ. އަދި އެއީ، މިދިޔަ އަހަރުގެ ބަޖެޓަށް ވުރެން 2.4 ޕަސެންޓްގެ އިތުރު އަދަދެކެވެ. ޖަޕާނުން ދަނީ 2014ން ފެށިގެން ދިފާއީ ބަޖެޓް ބޮޑު ކުރަމުންނެވެ.