ޓޯކޮށްފައިވާ ކާރެއްގެ ޑިކީ ހުޅުވަން މަސައްކަތް ކުރާތަން ފެންނަ ވީޑިއޯގެ ހަގީގަތް ފުލުހުން ކިޔައިދީފިއެވެ

ފުލުހުން ބުނީ، ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ޓޯކުރުމަށްފަހު އުޅަނދާ ހަވާލު ނުވުމުން، އުޅަނދު ނައްތާލުމުގެ ކުރިން ޗެކް ކުރުމުގެ މަސައްތަ ކަމަށެވެ.

އަދި ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން ފުލުހުން ޓޯކުރާ އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތެއް، އުޅަނދުގެ ވެރިފަރާތައް ދޭ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އުޅަނދާ ހަވާލު ނުވެއްޖެ ނަމަ އުޅަނދުތައް ނައްތާލުމުގެ ބާރު އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ފުލުހުންނަށް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، ނައްތާލާ ވެހިކަލްތައްވެސް ނައްތާލަނީ އެކަމަށް ހެދިފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.