ކޮވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އައްޑޫ ސިޓީ ހުޅޫދޫ އާއި މީދޫ މޮނިޓަރިނަށް ލައިފި އެވެ.

މި ދެ އަވަށް މޮނިޓަރިންނަށް ލުމާއެކު ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުން ވަނީ މަނާކޮށްފައި އެވެ. އަދި އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރަން ކައުންސިލް އިދާރާއާ އަށް ވަނީ އަންގާފައި އެވެ.

އައްޑޫ ސިޓީގައި އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން އިތުރުވާން ފަށާފައި އެވެ. އެންމެ ފަހުން އައްޑޫ އިކްއޮޓޯރިއަލް ހޮސްޕިޓަލުން އާއްމު ކުރި މައުލޫމާތައް ބަލާއިރު ރޭގެ 6.00 ހަމައަށް އިތުރު 28 މީހަކަށް ވަނީ މި ބަލިޖެހިފައި އެވެ.