މިއީ، އެސްފިޔަ ދިގުކުރުމަށާއި ބުމަ ރީތިކުރުމަށް އާދަކާދައިގެ ގޮތުގައި ބޭނުންކުރަމުން އައި ގުދަތީ ގޮތްތައް ވަރަށް ފަރުވާތެރިކަމާ އެކު ބޭނުންކޮށްގެން އުފައްދާފައިވާ ފޯމިޔުލާއަކަށް ތައްޔާރުކޮށްފައިވާ ތެލެކެވެ. އެސްފިޔަ ބުރިވުމުން ސަލާމަތްކޮށްދީ، ދުޅަހެޔޮ އެސްފިޔަތަކެއް ހެދި ބޮޑުވުމަށް މި ތެޔޮ މަގުފަހިކޮށްދެއެވެ.

އެސްފިޔަ ދިގުކުރުމަށް ބޭނުންކުރާނެ އެތައް ވައްތަރެއްގެ އުފެއްދުމެއް ބާޒާރުގައި އެބަހުއްޓެވެ. އެ އެއްޗެއްސަކީ ފަހަރެއްގައި އެ ބޭނުންކުރުމުން އެހެނިހެން އުނދަގޫތައް ކުރުމަތިކުރުވައިފާނޭ އެއްޗެއްސެވެ. އެހެންނަމަވެސް، ސިމާ އޮގަނިކް އައި-ލޭޝެސް އޮއިލް’ އަކީ، %100 ގުދުރަތީ އެއްޗެކެވެ. ގެއްލުމެއް ނުލިބޭނެ އެއްޗެއްގެ ގޮތުގައި ފާސްކޮށްފައިވާ ތެލެކެވެ. އެހެންކަމުން މިއީ، އިތުރު އެހެނިހެން ގެއްލުންތައް ކުރިމަތިނުވާނޭހެން، އެސްފިޔައަށް ބޭނުންވާ މާއްދާތައް ލިއްބައިދޭނެ ތެލެކެވެ.

މިއިން ތިއްކެއް ލޮލަށް އެޅުނު ނަމަވެސް، ލޮލަކަށް ގެއްލުމެއް ނުލިބޭނެއެވެ. އެކަމަކު ލޯ ފުސްވާ ކަހަލަ ގޮތް ވެދާނެއެވެ. ފެންފޮދަކުން އަވަހަށް ދޮވެލީމާ އެ ކަން ހަމައަކަށް އެޅޭނެއެވެ.

‘ސިމާ އައިލޭޝެސް އެންްޑް އައިބްރޯސް އޮއިލް’ އަކީ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ. އެހެންވުމުގެ ސަބަބުން ދުވަސްވެފައިވާ އެސްފިޔަތަކުގެ ބުޑަށް ފަރުވާ ލިބިދީ، ޓިޝޫތައް އާކޮށްދެއެވެ.

އަޖުމަބަލައިލުމަށް އަޅެ މަހެއްހާ ދުވަހު ބޭނުންކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟ ތިބާގެ ބުމައާއި އެސްފިޔަތަކަށް ވަރަށް ކަމުދާ އެއްޗަކަށް ވާނޭކަން ޔަގީނެވެ.

- އެޑުވަޓޯރިއަލް