އެމެރިކާގެ ސެެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެއަށް މިއަދު ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މިއަދު މެންދުރު 12:30 ން ފެށިގެން 18:00 އަށް ބައެއް މަގުތައް ބަންދު ކުރަން ނިންމައިފި އެވެ.

މިވަގުތުތަކުގައި ބަންދުކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެެއަރޕޯޓަށް ދަތުރުކުރާ މަގާއި، ބްރިޖާއި ބޮޑުތަކުރުފާނު މަގުން ބަޔަކާއި ގްރީން ޒޯން ސަރަޙައްދެވެ. ނަމަވެސް މި ސަރަޙައްދުތަކުގެ ތެރެއިން ބުރިޖުގައި ވީއަޕީ ދަތުރުކުރާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި، އާއްމު ދަތުރުފަތުރަށް ބްރިޖުގެ އެއް ލޭނު ބޭނުންކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ.