ހިންޏަކީ ވަރަށް ގިނަ ޖަރާސީމު އުފުލާ އެއްޗެކެވެ. އެތައް މިތާނގައި އުޅެފައި އަންނަ އިރު އޭގެ ފައިން ޖާރާސީމު އެއްތަނުން އަނެއްތަނަށް އުފުލައެވެ. އެހެންކަމުން ކާބޯތަކެތި ހިނިން ސަލާމަތްކުރުމަށް އަހަރެމެން އެންމެވެސް ބޭނުންވެއެވެ. އެގޮތުން ހިނިން ސަލާމަތްވާނެ ވަރަށް ފަސޭހަގޮތްތަކެއް ހިމަނާލާނަމެވެ.

ފޮނިތޮށި

ހިނީގެ ވަސްބެލުމުގެ ހިއްސު ވަރަށް ވަރުގަދައެވެ. ވަރަށް ދުރުގައި ހުންނަ ތަކެތީގެ ވަސްވެސް ހިންޏަށްދުވައެވެ. އެހާފަސޭހައިން ހިނި ކާއެއްޗިހި ހޯދަނީ އެހެންވެއެވެ. ނަމަވެސް މި ވަސްބެލުމުގެ ހިއްސުގެ ޒަރިއްޔާއިން ހިނި ދުރުވެސް ކުރެވޭނެއެވެ. ހިންޏަށް ފޮނިތޮށީގެ ވަހުން އުނދަގޫވެއެވެ. އެހެންކަމުން ފޮނިތޮށްޓާ ދުރަށް ދިއުމަކީ ހިނީގެ ޠަބިއްޔަތުގައިވާ ސިފައެކެވެ. ކުރަންވީކަމަކީ ފޮނިތޮށި ތެލާއި ފެން ހިނި އަރާ ހިސާބުތަކުގައި އުނގުޅަންވީއެވެ. ނުވަތަ ސްޕްރޭކޮށްލަންވީއެވެ. ނޫނީ މުގިރި ފޮނިތޮށްޓާއި ފެނާ އެއްކޮށް ސްޕްރޭ ގޮތަށް ހިނި އަރާ ތަންތަނަށް ބުރުވާލާށެވެ.

ވިނިގާ

ހިންޏަކީ ވިނިގާ ދެކެ ރުޅިއަންނަ ސޫއްޕެކެވެ. އެހެންކަމުން ވިނިގާގެ އެހީގައި ހިނި ގެއިން ފައްސާލެވިދާނެއެވެ. ވިނިގާ އާއި ފެން އެއްކޮށް ހިނި އަރާ ތަންތަނަށް ސްޕްރޭ ކުރާށެވެ. ނުވަތަ މި ދެބާވަތް އެއްކޮށް އުނގުޅާށެވެ. ޚާއްޞަކޮށް ކޮޑަ ދޮރުތަކާއި ދާލަ ތަކުގައި އުނގުޅާށެވެ. ވަރަށް ފަސޭހަކަމާއެކު ހިނީގެ އުނދަގުލުން ސަލާމަތްވެވިދާނެއެވެ.

ކަރުބޮލަކު

ކަރުބޮލަކަކީ ވަރަށް ވަސްގަދަ އެއްޗެކެވެ. ކުރަފިވެސް އެއާ ދުރަށް ދުވާ އެއްޗެކެވެ. ހަދަންވީގޮތަކީ 2 ސަމުސާގެ މުގުރި ކަރުބޮލަކު ތާފަނާ ފެން ޖޯޑަކަށް އެޅުމަށްފަހު ހަކުރުކޮޅެއް އަޅައިގެން ގިރާލަންވީއެވެ. އެއަށްފަހު މި ފެން ކަފަކޮޅަކުން ތެއްމާލުމަށްފަހު ހިނި އަރާތަންތާނގައި އުނގުޅާށެވެ. ހަކުރުގެ ވަހަށް ހިނި އެތަންތަނަށް އަރާނެއެވެ. ނަމަވެސް ކަރުބޮލަކުގެ ސަބަބުން ހިނތައް މަރުވާނެއެވެ.

މައުލޫމާތު: 5 މިން-ޓްރިކްސް ޑޮޓްކޮމް